ފްރޮންޓްލައިންގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރުންވެސް ބޮޑީ ވޯރން ކެމެރާ ބޭނުން ކުރަން ފަށަނީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށަން ތައްޔާރުވާން ފަށައިފި އެވެ. ކަރެކްޝަންސްއިން ބުނީ ޖަލުތައް ބަލަހައްޓާ ޕްރިޒަންސް އޮފިސަރުންގެ ތެރެއިން ބޮޑީ ވޯން ކެމެރާ ބޭނުން...

17 Feb 2022 | 08:23

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށަން ތައްޔާރުވާން ފަށައިފި އެވެ.

ކަރެކްޝަންސްއިން ބުނީ ޖަލުތައް ބަލަހައްޓާ ޕްރިޒަންސް އޮފިސަރުންގެ ތެރެއިން ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ އޮފިސަރުން ކަމަށެވެ. ފުރަތަމަ މިފަދަ ކެމެރާ ބޭނުން ކުރާނީ ޓްރަޔަލްއެއްގެ ގޮތުގައި އެވެ.

ކަރެކްޝަންސްއިން މިއަދު ވަނީ އެ ތަނަށް ބޮޑީ ވޯން ކެމެރާ ހޯދުމަށް އެތަކެތި ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު އެއްބަސްވުމެއްގައި ސޮިކޮށްފަ އެވެ.

ކަރެކްޝަންސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އައިމަން އާދަމްއެވެ.

ކަރެކްޝަންސްއިން ބޭނުން ކުރަން ނިންމާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނީގެ އުފެއްދުމެކެވެ. މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ތިން މަސްތެރޭގައި ކަރެކްޝަންސްއަށް ކެމެރާތައް ފޯރުކޮށްދޭން ޖެހެ އެވެ.

އަދި މި މުއްދަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އަށް އެ ކުންފުނިން 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒަރ ފޯރުކޮށްދޭނެއެވެ. އަދި ޓޭޒަރ ޒިންމާދާރުކޮށް ބޭނުންކުރުމާއި ބޭނުންކުރާނެ ޙާލަތްތަކާ ބެހޭގޮތުން ތަމްރީން ފެށުމުގެ އިންޒިތާމްވަނީ ހަމަޖެހިފައެވެ.

މި ތަކެތި ބޭނުން ކުރާނީ ޖަލުތަކުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނެވެ. މި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެއެވެ. އަދި މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުޙިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް