ސެޕްޓެމްބަރު މަހު މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށޭނެ: އާޒިމް

މާލޭގައި މިނީ ބަހުގެ ޚިދުމަތްދޭން ސެޕްޓެމްބަރުމަހަށް ފެށޭވަރުވާނެ ކަމަށް އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ރާއްޖެ ޓީވިއަށް ވާހަކަ ދައްކަވަމުންނެވެ. އާޒިމް ވ...

17 Feb 2022 | 07:26

މާލޭގައި މިނީ ބަހުގެ ޚިދުމަތްދޭން ސެޕްޓެމްބަރުމަހަށް ފެށޭވަރުވާނެ ކަމަށް އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ރާއްޖެ ޓީވިއަށް ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ކަމަށާއި މިމަސްތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި މިއަހަރުގެ ތިން ވަނަ ކުއާޓާ ނިމުމުގެ ކުރިން މިނީ ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މިނީބަހުގެ ހިދުމަތް ފެށުމަކީ ރައީސް ޞާލިޙްގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ނަމަވެސް އަދިވެސް މި ހިދުމަތް ފެށިފައި ނުވާތީ ގިނަ އާންމު ރައްޔިތުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް