އެމްޕީއެލްއާއި ޔޫތު މިނިސްޓްރީ ގުޅިގެން ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ޕޯޓު ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ޒުވާނުން ތަމްރީނު ކުރަން ޔޫތު އެމްޕަވަރމަންޓް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. އެމްޕީއެލްގައި މިއަދު ހެނދުނު އ...

17 Feb 2022 | 07:22

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ޕޯޓު ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ޒުވާނުން ތަމްރީނު ކުރަން ޔޫތު އެމްޕަވަރމަންޓް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އެމްޕީއެލްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވާފައިވަނީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު އަދި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.

ރަސްމިއްޔާތު ފައްޓަވައިދެއްވުމުގެ ގޮތުން އޮތް ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން މަހުލޫފް ވަނީ ޔޫތު މިނިސްޓްރީން ކުރާ ވަރަށް ގިނަ މަސައްކަތްތަކުގައި އެމްޕީއެލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އަދި ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބިގެންދާކަން ފާހަގަކޮށް އެކަމަށްޓަކައި ޝާހިދަށް ޝުކުރުއަދާކޮށްފައެވެ.

މީގެ އިތުރުން މަހުލޫފުގެ ވާހަކައިގައި ވިދާޅުވީ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭކަމަށާއި ހުރިހާ ޒުވާނުންވެސް އެ ފުރުސަތުގެ ބޭނުން ހިފަން ދަސްކުރަން ޖެހޭކަމަށެވެ. އަދި މިއީ އެ މަނިކުފާނުގެ އަމިއްލަ ތަޖުރިބާއާއެކު ދައްކާ ވާހަކަތަކެއްކަމަށް މަހުލޫފް ވިދާޅުވިއެވ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވެސް ވަނީ މިފަދަ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ގޮވާލާފައެވެ. އަދި މި ޕްރޮގްރާމަކީ ބައިވެރިވާ ކުދިންނަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ފުރިހަމަ ފުރުސަތަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ޝާހިދް ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކައިގައި އެމްޕީއެލުން ކުރަމުން އަންނަ މަސައްކަތްތައް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ޝާހިދު އަލިއަޅުވާލީ މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނަށްށެވެ. އެގޮތުން ޝާހިދު ވިދާޅުވީ ރާއްޖެއަށް އެންމެ މުހިއްމު އެއް ވަސީލަތަކީ މި މެރިޓައިމް ދާއިރާގައި މަސައްކަތް ކުރާ އިންސާނީ ވަސީލަތްކަމަށެވެ. އެގޮތުން އެ ތަރައްގީ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން ޝާހިދު ވަނީ ފާހަގަ ކުރަށްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް