ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 290ށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ، ނިޔާވީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެއް ކަަމަށެވެ. މި މީހާ ނިޔާވެފައިވަނީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭފަތުހުއެވެ.
ކޯވިޑްގެ މި މަރާއެކު މިއަހަރުގެ މިހާތަނަށް މިބަލީގައި ރާއްޖެއިން 26 މީހުން މިވަނީ ނިޔާވެފައެވެ
ރާއްޖޭގައި ކޯވިޑް ބަލި ޖެހިިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 26 މީހުންނަށް އަންނަނީ ފަރުވާ ދެމުުންނެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 15،700 އިން މައްޗަށް އަރައެވެ. އަދި މިހާތަނަށް ރާއްޖެއިން މިބައްޔަށް 162،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް