ހާއްސަގޮތެއްގައި ދިވެހި ޒުވާނުންގެ ތެރޭގައި މަގްބޫލު ސޯޝަލް މީޑިއާ ވީޑިއޯ ޕްލެޓްފޯމް، ޓިކްޓޮކްގައި ކާޗާ ބަދަމް ވައިރަލް ވެއްޖެއެވެ.
މީގެ ހަފްތާއެއް ދެ ހަފްތާ ކުރިން މުޅި ޓިކްޓޮކްގައި މައިގަނޑު ގޮތެއްގައި އޮތީ ޕުޝްޕާގެ ލަވަތަކާއި ސްޓެޕްސްތަކާއި ޑަޔަލޮގްތަކެވެ. ނަމަވެސް މި ހަފްތާގައި ޓްރެންޑް ވެފައިމިވަނީ ކާޗާ ބަދަމް ލަވައާއި އެ ލަވައިގެ ސްޓެޕްތަކެކެވެ.
https://www.tiktok.com/@sidha_mohamed/video/7064501521710337281?_t=8PwIFIB9QNW&_r=1
ކާޗާ ބަދަމް މި ލަވަޔަކީ ބަންގްލަދޭޝްގައި ބަދަން ވިއްކާ މީހަކު އޭނާ ބަދަން ވިއްކުމުގައި އަންބާްއެއްގެ ގޮތުގައި ފުރަތަމަ ކިޔަން ފެށި ލަވައެކެވެ. އެ ލަވަ ސޯޝަލް މީޑިއާގައި ވައިރަލްވެގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަަހުގެ ތެރޭގައެވެ.
https://www.tiktok.com/@rashfamalik/video/7063480615433194754?_t=8PwIGkv7Cwk&_r=1
ލަވައިގެ ލިރިކްސް:
އައެ ބަދާމް ހަސެޕަލަ މަތަރް ޗިރަ ޗުލް ސިޓި ގޮލްޑް އެރް ޗުރި މަލަ ދިޔެ މޮބައިލެ ބޮޑު ވަންގަ ދިޔޭ ބަދަމް
މޮބައިލަ ބޮޑި ގުލޮ ޕަންޗް ޓަކާ ދަމް
ޕާޔަރް ތުރަ ހާތަރު ބަލަ ތަކެ ސިޓި ގޮލްޑަރް ޗެއިން
ދިޔާ ޖަބެން
ތަތެ ސޮމަން ސޮމަން ތޮމްރަ ބަދާމް ޕަބެން
ބަދާމް ބަދަމް ދަދަ ކަޗާ ޗަބަދަމް
އަމަރް ކަޗެ ނައިކޮ ބުބު ވަޖާ ބަދަމް
އަމަރް ކަރެ ޕަބެން ސުދު
ކާޗާ ބަދަމް
https://www.youtube.com/watch?v=uiqrngFTX5k
މި ލަވަ މަޝްހޫރުވެގެންގޮސް މި ލަވައިގެ މިއުޒިކް ވީޑިއޯއެއް މި މަހުގެ ކުރީކޮޅު އުފައްދައި ރިލީޒްކޮށްފައިވެއެވެ. އެ ވީޑިއޯ ލަވައިގާ އަސްލު ލަވައިގެ ވެރިޔާ ބުބަން ބަދްޔާކަރްވެސް އެކްޓްކޮށްފައިވެއެވެ. މިއުޒިކާއެކު އުފައްދާފައިވާ ލަވައިގެ ބޮޑުބައެއްވެސް ކިޔާފައިވަނީ އޭނާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް