2022 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ޕާޓްނަރއަކަށް ވެސް އުރީދޫ

2022 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ޕާޓްނަރއަކަށް ވެސް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގު 2022 ގެ އައު ސީޒަނަށް އުރީދޫ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން (އެފް...

17 Feb 2022 | 05:41

2022 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ޕާޓްނަރއަކަށް ވެސް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގު 2022 ގެ އައު ސީޒަނަށް އުރީދޫ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގުޅިގެން ޕާޓްނަރޝިޕް ގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ.

މި ޚާއްސަ ރަސްމިއްޔާތުގައި ޕާޓްނަރޝިޕް އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއެ ކުރެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަަލް-ހަމާދީ އެވެ. އެފްއޭއެމްގެ ފަރާތުން ސޮއެ ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ޚާލިދު އަލް ޙަމާދީ ވިދާޅުވީ ފުޓުބޯޅައިގެ ރޫހަކީ މުޖުތަމައުތަަކުގައި އެއްބައިވަންތަކަން ދިރުވާާދޭ ފޯރިގަދަ ކުޅިވަރެއް ކަމަށާއި އެހެންކަމުން، ދިވެހިންނެކޭ އެއްފަދައިން ފުޓުބޯޅައަކީ އުރީދޫ އާއިވެސް ގާތް ގުޅުމެއް އޮންނަަ ކުޅިވަރެއް ކަމަށެވެ.

" މި ޕަަރޓްނަރޝިޕާއި އެކު އެފްއޭއެމްއާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ހުރި ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވަން." ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

އުރީދޫ އިން ރާއްޖޭގައި ޚިދުމަތް ދޭން ފެށީއްސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕްރޮފެޝަނަލް ކުޅުންތެރިންނާއި ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުކޮށް ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އަންނަނީ ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

އެގޮތުން މިފަހުން އެންމެފާހަގަކޮށްލެވެނީ ރާއްޖޭގައި ހޯސްޓްކުރި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ފަޚުރުވެރި ޓައިޓަލް ސްޕޮންސަރަކަށް ވެސް އުރީދޫ މޯލްޑިވްސް ހަމަޖެހިގެން ދިއުމެވެ.

ޓައިޓަލް ސްޕޮންސަރގެ ހައިސިއްޔަތުން އުރީދޫއިން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

ރާއްޖޭގެ އަދި އެހެނިހެން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއި ގުޅިގެން، އިންސާނީ ތަރައްޤީއަށް ޓަކައި ކުރިމަގުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަަން އެކުންފުނިން މި ފުރުސަތުގައި އަރުވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް