އެމްއެންޔޫއާއި އައިޔޫއެމްގެ ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުމުގައި ހުއްދަ ސިޓީ ނަމްބަރު ނެތަސް ބަލައިގަންނާނެ: ސީއެސްސީ

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގައި އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ނެތްކަމުގައި ވިޔަސް ސިވިލް ސަރވިސް ވަ...

17 Feb 2022 | 05:01

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގައި އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ނެތްކަމުގައި ވިޔަސް ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި ލިޔުން ބަލައިގަނެގެން ކުރިއަށްގެންދިޔުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ "ކޯސް ކޮމްޕްލީޝަން" ލިޔުން ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދަރިވަރުންނަށް ސަނަދުދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ހިމަނާފައިވާނަމަ ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ދޫކޮށްފައި ހުންނަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުންތައް މި މިންގަނޑުން އިސްތިނާވާނެ ކަމަށެވެ.

އެހެންކަމުން ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި، ހުށަހަޅާފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދަރިވަރުންނަށް ސަނަދުދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ނެތްކަމުގައި ވިޔަސް އެ ލިޔުމަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމެއްނަމަ، ލިޔުން ބަލައިގަނެގެން ކުރިއަށްގެންދެވުމަށް ދަންނަވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ނެރުނު އިއުލާނުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް