އިންޑިއާގައި ކައިވެނި ހަފްލާއެއްގެ ތެރެއިން ވަޅަކަށް ވެއްޓި 13 މީހުން މަރުވެއްޖެ

އިންޑީއާގެ އުއްތަރް ޕްރަދޭޝްގެ ޑިސްޓްރިކްޓެއް ކަމަށްވާ ހުށީނަގަރްގައި ބޭއްވި ކައިވެނި ހަފްލާއެއްގައި ވަޅަކަށް ވެއްޓި 13 މީހުން މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ. ހާދިސާ ހިނގި އިރު ކ...

17 Feb 2022 | 04:50

އިންޑީއާގެ އުއްތަރް ޕްރަދޭޝްގެ ޑިސްޓްރިކްޓެއް ކަމަށްވާ ހުށީނަގަރްގައި ބޭއްވި ކައިވެނި ހަފްލާއެއްގައި ވަޅަކަށް ވެއްޓި 13 މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ. ހާދިސާ ހިނގި އިރު ކައިވެނީގެ ހަފްލާގައި ބައިވެރިވި ގިނަ އަދަދެއްގެ އަންހެނުން ތިބީ މަޖާ ކުރުމުގައި އެ ވަޅު މަތީގައި އެވެ.

ދަގަނޑުން ބިމު އަޑިއަށް ހަދާފައިވާ ވަޅުގެ މަތިގަނޑު ވެއްޓުނީ ކުއްލިއަކަށް ކަމަށްވެ އެވެ. އަދި ވަޅަށް ވެއްޓި 13 މީހުން މަރުވުމުގެ އިތުރުން މިހާދިސާގައި 15 މީހަކު ޒަހަމްވެފައިވެ އެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ވަރަށް ތުއްތު ކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފޮނުއްވާ ބަދަލު ދެއްވާނެ ކަން އިއުލާނު ކުރައްވާފައި އެވެ.

ޕްރައިމް މިނިސްޓާސް ރިލީފް ފަންޑުން ދޭން ނިންމާފައިވަނީ މަރުވި ކޮންމެ މީހެއްގެ ބޮލަކަށް ދެ ލައްކަ އިންޑިއަން ރުޕީސް އަދި ޒަހަމްވި ކޮންމެ މީހަކަށް 50،000 އިންޑިއަން ރުޕީސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް