ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ފޮނުވާލައިފި

ވަގު ޕާސްޕޯޓްގައި ރާއްޖެ އެތެރެވާން އުޅުނު ގިނަ އަދަދެއްގެ ބަޔަކު އަނބުރާ އެމީޙުން އައި ގައުމަށް ފޮނުވާލައިފި އެވެ. އިމިގްރޭޝަނުން ބުނީ އާންމުކޮށް ހަނގުރާމަ އިތުރުވެފައިވާ ސަރަހައްދުތަކުގެ ގައުމުތަކުނ...

17 Feb 2015 | 06:55

ވަގު ޕާސްޕޯޓްގައި ރާއްޖެ އެތެރެވާން އުޅުނު ގިނަ އަދަދެއްގެ ބަޔަކު އަނބުރާ އެމީޙުން އައި ގައުމަށް ފޮނުވާލައިފި އެވެ.

އިމިގްރޭޝަނުން ބުނީ އާންމުކޮށް ހަނގުރާމަ އިތުރުވެފައިވާ ސަރަހައްދުތަކުގެ ގައުމުތަކުން ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި 41 މީހަކު އިއްޔެގެ ނިޔަލަށް ފޮނުވާލާފައިވާ ކަމަށެވެ.

ވަގު ޕާސްޕޯޓުގައި ރާޢްޖެއަށް އެތެރެވާން މަސައްކަތް ކޮށްފައިވަނީ މެދުއިރުމައްޗަށާއި ދެކުނުއިރުމަތީ އޭސިއާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ވަގު ޕާސްޕޯޓްގައި ރާޢްޖެ އިތެރެވާން މަސައްކަތް ކުރާ މީޙުްނގެ އަދަދު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވަނިކޮށް އެ މައްސަލަތައް ދެނެގަނެ އެފަދަ މީހުން ރާއްޖެ އެތެެރެެވުން ހުއްޓުވުމަށްޓަކައި އިމިގްރޭޝަންގެ އޮފިޝަލުން ތަމްރީން ކުރުމަށް  ބޭސިކް ޑޮކިއުމަންޓް ފޯޖަރީ އެންޑް ޑޮކިއުމަންޓް އެގްޒަމިނޭޝަން ޓްރެއިނިންގެ ނަމުގައި ޓްރެއިނިންގ ޕްރޮގްރާމެއް އެމެރިކާއާ ގުޅިގެން އިއްޔެ ރާއްޖޭގައި ވަނީ ފަށާފައި އެވެ.

މިދިޔަ އަހަރު އެކަނި ވެސް ވަގު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި 130 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް