ރާއްޖެއިން ދިން އެހީއިން ޣައްޒާގެ ބައެއް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި

މިދިޔަ އަހަރުގެ މެދުތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަރައި ހިންގި ގަތުލުއާންމާއި ގުޅިގެން ހާލުގައި ޖެހުނު ޣައްޒާ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ރާއްޖޭހގައި ހިންގި ހަރަކާތްތަކުން ލިބ...

17 Feb 2015 | 06:39

މިދިޔަ އަހަރުގެ މެދުތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަރައި ހިންގި ގަތުލުއާންމާއި ގުޅިގެން ހާލުގައި ޖެހުނު ޣައްޒާ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ރާއްޖޭހގައި ހިންގި ހަރަކާތްތަކުން ލިބުނު ފައިސާގެ އެހީގައި އަޅާ ހައުސިންގ ޔުނިޓުތަކުގެ ބައެއް ނިމިއްޖެ އެވެ.

ރާއްޖެއިން އެއްކުރި ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ހަވާލުވެފައިވާ ގަތަރު ރެޑްކްރެސެންޓުން ބުނީ ރާއްޖޭން ދިން އެހީގައި ގާއިމްކުރާ 100 ހައުސިން ޔުނިޓްގެ ތެރެއިން 27 ޔުނިޓެއް ނިމިފައިވާ ކަމަށެވެ. ޣައްޒާގެ ބައިތު ހަނޫނުގައި ބިނާކުރި އެ ހައުސިންގ ޔުނިޓުތައް މިމަހުގެ 15 ވަނަ ދުވަހު ހަވާލުކޮށްފައިވާއިރު އެ މަސައްކަތް ކުރިޔަށް ގެންދާނީ ބައިތު ހަނޫނުގެ މުނިސިޕަލްޓީއާއި މިނިސްޓްރީ އޮފް ހައުސިން އާ ގުޅިގެން ކަމަށް މީގެ ކުރިން ގަތަރު ރެޑްކްރެސެންޓުން ބުނެފައި ވެ އެވެ.

އެ ޖަމާއަތުން ބުނީ ދިވެހިން ދިން ފައިސާގެ އެހީގައި އަޅާ 100 ހައުސިންގ ޔުނިޓުތަކުން 700 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށާއި އެތަން ހަދަނީ އިޒްރއީލުން ހަލާކުކޮށްލާފައިވާ ސަރަހައްދެއްގެ ސްކޫލްތަކާއި ކައިރީގައި ކަމަށެވެ. ހައުސިންގ ޔުނިޓުތައް އެޅުން ލަސްވީ އިޒްރާއީލުން އެ ސަރަހައްދު ހިސާރުކޮށްފައި އޮތުމުން ތަކެތި ގެންދިއުމަށް އުނދަގޫތަކަކާއި ކުރިމަތިވެގެންނެވެ.

މީގެ އިތުރުން އެ ފައިސާއަށް ގަތް ބޭހުގެ ފުރަތަމަ ޝިޕްމަންޓް ބަހާފައިވާއިރު މިހާތަނަށް ނުގެންދެވި ހުރި ޝިޕްމެންޓް ގެންދިއުމަށް އިޒްރާއީލް އަސްކަރިއްޔާއާއި ވާހަކަ ދައްކަމުން ދާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޣައްޒާއަށޤ އެހީވުމަށް ހިންގި ހަރަކާތްތަތކުން ލިބުނު 1.91 މިލިއަން ޑޮލަރު ގަތަރު ރެޑްކްރެސެންޓާއި ހަވާލު ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް