އެމެރިކާއިން ޓިކްޓޮކް މަނާކުރާ ޤާނޫނަށް އެ ޤައުމުގެ ސުޕްރީމް ކޯޓުންވެސް ތާޢީދުކޮށްފި

އެމެރިކާގައި ޓިކްޓޮކް މަނާކުރާ ޤާނޫނަށް އެ ޤައުމުގެ ސުޕްރީމް ކޯޓުންވެސް ތާޢީދުކޮށްފިއެވެ. ޓިކްޓޮކްގައި އެމެރިކާއަށް ނިސްބަތްވާ ޔޫޒާރސްގެ އަދަދު 170 މިލިޔަނުން މަތީގައި އުޅޭއިރު އެފަދަ ޤާނޫނެއް އެމެރިކ...

17 Jan 2025 | 17:33

އެމެރިކާގައި ޓިކްޓޮކް މަނާކުރާ ޤާނޫނަށް އެ ޤައުމުގެ ސުޕްރީމް ކޯޓުންވެސް ތާޢީދުކޮށްފިއެވެ.

ޓިކްޓޮކްގައި އެމެރިކާއަށް ނިސްބަތްވާ ޔޫޒާރސްގެ އަދަދު 170 މިލިޔަނުން މަތީގައި އުޅޭއިރު އެފަދަ ޤާނޫނެއް އެމެރިކާއިން ފާސްކުރީ ޓިކްޓޮކްގެ މައި ކުންފުނި ބައިޓްޑާންސް ކުންފުންޏަކީ ޗައިނާ ކުންފުންޏަކަށްވެފައި އެ ކުންފުނީގެ އެ 170 މިލިޔަންގެ ޔޫޒާރ ޕްރައިވަސީ ޑާޓާ ނަހަމަގޮތުގައި ޗައިނާއިން ހިފައިފާނެކަމަށް ބުނެއެވެ.

އެއާއެކު ބައިޓްޑާންސް ކުންފުންޏަށް މި ވަގުތު އޮތް ގޮތަކީ އެމެރިކާގެ ކުންފުންޏަކަށް ޓިކްޓޮކް ވިއްކާލުމެވެ. ނޫނޫ މި އަންނަ އާދީއްތަ ދުވަހުން ފެށިގެން އެމެރިކާގައި ޓިކްޓޮކް އެކުގައި މަނާވެގެންދާނެއެވެ.

ބައިޓްޑާންސް އިން އެމެރިކާގެ އެ ހުށަހެޅުމަށް އާނބަސް ބުނެފާނެ ކަމަކަށް ނުބެލެވެއެވެ.

އިތުރަށް ފާހަގަކޮށްލެވޭ ކަމަކީ ޓިކްޓޮކް މަނާކުރާކުރުން އަނބުރާ ބަދަލުކުރާނެކަމަށް އިންތިހާބީ ރައީސް ޑޮނާލްޑް ޓްރަމްޕް ނުސީދާގޮތެއްގައި ބުނާ ބުނުމެވެ. އާދީއްތަ ދުވަހު އެ ޤައުމުން ޓިކްޓޮކް މަނާވާއިރު ހޯމަ ދުވަހު ޓްރަމްޕް ރަސްމީކޮށް ވެރިކަމާއި ހަވާލުވާނެއެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށް ބައިޓްޑާންސްގެ ވެރިޔާއަށްވެސް ޓްރަމްޕް ދަޢުވަތު އަރުވާފައިވެއެވެ.

އެމެރިކާގެ 170 އަށްވުރެ ގިނަ ޓިކްޓޮކް ޔޫޒަރުން މިހާރު އަންނަނީ އެފަދަ ބައެއް އެހެން އެޕްލިކޭޝަންތައް ޕްރޮމޯޓްކޮށް ބޭނުންކުރަމުންނެވެ. އެންމެ މަޝްހޫރު އެފަދަ އެއް ޕްލެޓްފޯމަކަށް މިވަގުތު ވެފައިވަނީ ޗައިނާގެ ރެޑްނޯޓް އެޕްލިކޭޝަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް