ހެދިގޮނޑުދޮށުގައި މާރާމާރީ ހިންގައި އަދި އެ މަންޒަރު ވީޑިއޯ ކުރި ދިވެއްސަކަށް ހަމަލާދިން ތިން ބިދޭސީއަކު ހައްޔަރު

ހެދިގޮނޑުދޮށުގައި މާރާމާރީއެއް ހިންގި ތިން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގަ...

17 Jan 2025 | 16:55

ހެދިގޮނޑުދޮށުގައި މާރާމާރީއެއް ހިންގި ތިން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލަ މިރޭ 08:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

"މި މާރާމާރީގެ މަންޒަރު ރެކޯޑު ކުރި ދިވެއްސަކާއިމެދުވެސް އެމީހުން މާރާމާރީ ހިންގާފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އިންޑިއާއަށް ނިސްބަތްވާ ތިން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ހެދިގޮނޑުދޮށުގައި މާރާމާރީ ހިންގުމަކީ މި ފަހަކަށް އައި ކޮންމެ ހުކުރެއްގައިހެން ތަކުރާރުވަމުން އަންނަ މައްސަލައެކެވެ. މި މައްސަލައިގެ ކަންބޮޑުވުން ދިވެހި ފުލުހުންނާއި ދިވެހި މީޑިއާ އެކުލެވޭ ގްރޫޕުގައި ދިވެހި ނޫސްވެރިން ދައްކާތާވެސް ދެ މަހެއްހާ ދުވަސް ވެދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް