އެއީ އެ މަރުކަޒުގެ ނަލަ މާލަމް، ދީނާ ޚިލާފު އެއްވެސް ކަމެއް އެތާނގަ ނުކުރޭ: ވިލުފުށީ ކައުންސިލް

މިސްކިތެއްކަމަށް ބެލެވޭ ތަނެއްގެ ތެރޭގައި ގޭމެއް ކުޅުނުކަމަށް ބުނާ މައްސަލައިގާ އެ ރަށު ކައުންސިލުން ބަސް ބުނެފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ރަށު ކައުންސިލް ރައީސް ހުސެއިން ޖަބީން ވިދާޅުވީ އެކަ...

17 Jan 2025 | 09:49

މިސްކިތެއްކަމަށް ބެލެވޭ ތަނެއްގެ ތެރޭގައި ގޭމެއް ކުޅުނުކަމަށް ބުނާ މައްސަލައިގާ އެ ރަށު ކައުންސިލުން ބަސް ބުނެފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ރަށު ކައުންސިލް ރައީސް ހުސެއިން ޖަބީން ވިދާޅުވީ އެކަމާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ދެތިންބަހެއް ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ވަރަށް ގޯސްކޮށް ފަތުރާ ޚަބަރެއް ކަމަށާއި އެއީ ނަމާދުކުރާ ބައެއް ނޫންކަމަށާއި އެއީ މާލަމެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ތަނެއް ކަމަށެވެ.

"އިސްލާމީ މަރުކަޒަކަށް ބަދަލުކުރުމަށް ތަރައްޤީ ކުރަމުން އަންނައިރު އެއީ ނަލަ މާލަމް" ކައުންސިލް ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ވީޑިއޯ ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު އެ ވީޑިއޯއަށް މިއުޒިކުވެސް އިތުރުކޮށްފައިވާއިރު އެއީ އެކަން ހިނގާދިޔަގޮތް ނޫންކަމަށް ވިދާޅުވިއެވެ. އަދި ދީނާ ޚިލާފު އެއްވެސް ކަމެއް އެތަނުގައި ހިނގާފައި ނެތް ކަމަށާއި ހިނގިޔަ ނުވެސް ދެއްވާނެ ކަމުގައި ކައުންސިލް ރައީސް ވިދާޅުވިއެވެ.

އެފަދަ ވީޑިއޯއެއް ދައުރުވަމުން އަންނައިރު އެކަން ސަމާލުކަމަށް އައިސް އެކަން ބަލަމުން އަންނަ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް