ސައިފަށް ހަމަލަދިން މައްސަލައިގާ މީހަކު ހައްޔަރުކޮށްފި

ބޮލީވުޑް ތަރި، ސައިފް އަލީ ޚާން އަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް މުމްބާއީ ފުލުހުން ބުނެފިއެވެ. ތުހުމަތުގައި ހައްޔަރުކުރި މީހާއާއި، ސައިފްގެ ގެއިން ނިކުމެގެންދި...

17 Jan 2025 | 06:25

ބޮލީވުޑް ތަރި، ސައިފް އަލީ ޚާން އަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް މުމްބާއީ ފުލުހުން ބުނެފިއެވެ.

ތުހުމަތުގައި ހައްޔަރުކުރި މީހާއާއި، ސައިފްގެ ގެއިން ނިކުމެގެންދިޔަ މަންޒަރު ސީސީޓީވީއިން ފެންނަ މީހާއާއި ވައްތަރުކަމަށް އިންޑިއާ މީޑިއާއިން ބުނެއެވެ. އެހެންނަމަވެސް އެއީ ސީދާ އެމީހާކަމެއް ނޫނީ ނޫންކަމެއް މުމްބާއީ ފުލުހުން ބުނެފައެއް ނުވެއެވެ.

އިއްޔެ ރޭގެ މެންދަމު ސައިފަށް ހަމަލާދިނީ އެ ގޭތެރެއަށް ވައްކަން ކުރަން ވަދެ އުޅުނު ކަމަށް ބެލެވޭ މީހެކެވެ. އެމީހަކު ވަނީ ސައިފް އާއި އެ އާއިލާގެ ނަރުސް އަދި ދަރިން ބަލަން ގެންގުޅޭ މީހާއަށްވެސް ވަޅިން ހަމަލާ ދީފައެވެ. އެންމެ ބޮޑު އަނިޔާއެއް ލިބުނީ ސައިފަށެވެ. ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅިން ހަމަލާ ދީފައިވާއިރު އެއް ޒަޚަމްގެ ފުންކަމުން އޮޕަރޭޝަނެއްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް