މިއީ މިހާރު ދިރި ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާކަމަށް ދައުވާކުރާ ޑެއޮލީރާ

ދުނިޔޭގެ ރެކޯޑު ފޮތް، ގިނިސް ވޯލްޑް ރެކޯޑްސް ބުނާގޮތުން މިވަގުތު ދިރި ދުނިޔޭގައިހުރި އެންމެ އުމުރުން ދުވަސްވީ މީހާއަކީ އިނާ ކަނަބާރޯ ނަމަކަށްކިޔާ އަންހެނެކެވެ. އެއީ ބްރެޒިލްގެ ރިއޯ ގްރާންދޭއަށް ނިސްބަ...

17 Jan 2025 | 01:36

ދުނިޔޭގެ ރެކޯޑު ފޮތް، ގިނިސް ވޯލްޑް ރެކޯޑްސް ބުނާގޮތުން މިވަގުތު ދިރި ދުނިޔޭގައިހުރި އެންމެ އުމުރުން ދުވަސްވީ މީހާއަކީ އިނާ ކަނަބާރޯ ނަމަކަށްކިޔާ އަންހެނެކެވެ. އެއީ ބްރެޒިލްގެ ރިއޯ ގްރާންދޭއަށް ނިސްބަތްވާ އަންހެނެކެވެ. އުމުރަކީ 116 އަހަރެވެ.

ނަމަވެސް ހަމަ ބްރެޒިލަށް ނިސްބަތްވާ އެހެން އަންހެނަކު މިވަނީ ދިރި ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާކަމަށް ދައުވާކޮށް އެ ލަގަބު ހޯދުމުގެ ދަތުރު ފަށާފައެވެ. އެއީ އުމުރުން މިހާރު 119 އަހަރު ކަމަށް ބުނާ އަދި މި އަހަރުގެ މާރިޗް މަހުގެ 10 ވަނަ ދުވަހު އުމުރުން 120 އަހަރު ވާނެކަމަށް ބުނާ ޑިއޮލީރާ ގްލިސޭރިއާ ޕެޑްޑޯ ޑަ ސިލްވާއެވެ.

މާމަ ދެ ދަރީންނާއެކު ބްރެޒިލްގެ ރިއޯ ޑެ ޖެނައިރޯގައި އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ޑިއޮލީރާގެ މާމަ ދަރީން ބުނާގޮތުން ޑިއޮލީރާ އުފަންވީ 10 މާރިޗް 1905ގައެވެ. އެކަން ސާބިތުކޮށްދޭނެ ލިޔެކިޔުންވެސް އެބަހުރިކަމަށް ބުނެފައިވެއެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ ގިނިސް ވޯލްޑް ރެކޯޑްސް އިން ރަސްމީ ޖާގަ ހޯދުމަށްކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް