ރޯދަ މަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާކުރަނީ

ރަމަޟާން މަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުނެފިއެވެ. އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަމަޟާން މަހަށް ...

17 Jan 2024 | 11:12

ރަމަޟާން މަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުނެފިއެވެ.

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރަމުން އަންނަ ކަމަށެވެ.

އާބަންކޯ އިން މައުލޫމާތުދޭ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާ ކުރާ ވަގުތީ މިސްކަތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އާބަންކޯ އިން ބުނީ މި މިސްކިތް ހަދަމުން އަންނަނީ އަންހެނުން އަދި ފިރިހެނުންގެ ބައި ވަކިކޮށް ނަމާދުކުރެވޭ ގޮތަށް ކަމަށެވެ.

މި މިސްކިތް ބިނާކުރަމުން އަންނަނީ ހިޔާ ފްލެޓް ސަރަހައްދުގައެވެ. އާބަންކޯ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން ވަގުތީ މިސްކިތް ނިންމާ އާއްމުންނަށް ހުޅުވާލުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް