ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައަޅައިފި

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްކުރެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅައިފިއެވެ. މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއ...

17 Jan 2024 | 07:33

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްކުރެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން މިއަދު ބަލައިގެންފައިވާކަމަށެވެ.

އެޗްޕީއޭ އިން ވިދާޅުވީ ހެޕަޓައިޓިސް ބީ ގެ ސީރޯ ސާވޭގެ ނަތީޖާއަށް ބަލާއިރު، އުމުރުން 6 އަހަރާއި 7 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ގައިން ބަލި ފެތުރޭ މިންވަރު މަދުކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވާކަމަށެވެ.

މީގެ އިތުރުން، ހެޕަޓައިޓިސް ބީ އަށް މާބަނޑު މީހުން ގަވާއިދުން ސްކްރީން ކުރުމާއި، ޕޮޒިޓިވް މާބަނޑު މީހުންނަށް ފަރުވާ ދިނުމާއި، ޕޮޒިޓިވް މައިންނަށް އުފަންވާ ތުއްތު ކުދިންގެ ޕްރިވެންޓިވް ތެރަޕީގެ ސަބަބުން ކުދިން ބަލިން ރައްކާތެރިވުމަށް އެހީތެރިވެދޭކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ހެޕަޓައިޓިސް ބީ އަކީ ވައިރަހެއްގެ ސަބަބުން ލިވާއަށް ޖެހޭ އިންފެކްޝަނެކެވެ. ތުއްތުއިރު ހެޕަޓައިޓިސް ބީ އިންފެކްޝަނުން ރައްކާތެރިވުމަކީ ދާއިމީ އިންފެކްޝަންތަކާއި، ޒުވާން އުމުރުގައި ލިވާ ކެންސަރާއި ސިރޯސިސްގެ މައްސަލަތައް ވަރަށް ބޮޑަށް ދަށްކޮށްދޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް