ސަބުދެލި މަގު ހުޅުވާލައިފި

ހިރިޔާ ސްކޫލުގެ އުތުރުން އޮންނަ ސަބުދެލި މަގު ހަ އަހަރަށް ފަހު އާއްމުންނަށް ހުޅުވާލައިފިއެވެ. މި މަގު ހުޅުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް، ޕަބްލިކް ވޯކްސް އާއި ރޯޑް ޑިވެލޮ...

17 Jan 2024 | 04:50

ހިރިޔާ ސްކޫލުގެ އުތުރުން އޮންނަ ސަބުދެލި މަގު ހަ އަހަރަށް ފަހު އާއްމުންނަށް ހުޅުވާލައިފިއެވެ.

މި މަގު ހުޅުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް، ޕަބްލިކް ވޯކްސް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.

އާރުޑީސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، ސަބުދެލި މަގު އަލުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމަށްފަހު އެމަގު މިހާރު އާއްމުންނަށް ހުޅުވާލާފައި ވާކަމަށެވެ.

ކަނބާ އައިސާ ރަނި ހިނގުމާއި ބޮޑު ތަކުރުފާނު މަގާއި ދެމެދު އޮންނަ ސަބުދެލި މަގު ސެކްޝަން ހަ އަހަރަށްފަހު އާއްމުންނަށް ހުޅުވާލާފައިވާއިރު، އެ މަގު ބަންދުކޮށްފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު ކޮރެލް ބޮލެވާޑްގެ މަޝްރޫޢު ހިންގުމަށެވެ.

އެ މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ނުކޮށް އޮއްވާ އެ މަޝްރޫޢު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް