އަރަބިއްޔާ ބެލެނިވެރިންގެ މިފަހަރުގެ ކަންބޮޑުވުމަކީ ޓީޗަރުންނަށް ހައްގުވާ މުސާރަ ނުލިބުން!

އަރަބިއްޔާ ސުކޫލުގެ ބައެއް މުދައްރިސުންނަށް މަސައްކަތާއި އެއްވަރުގެ މުސާރައެއް ނުލިބޭކަމުގައި އެސުކޫލުގެ ބެލެނިވެރިން ހާމަކޮށްފިއެވެ. އަރައްބިއްޔާ ފެމިލީގެ ނަމުގައި އެސުކޫލުގެ ބެލެނިވެރިން ހިންގަމުންދ...

17 Jan 2023 | 18:23

އަރަބިއްޔާ ސުކޫލުގެ ބައެއް މުދައްރިސުންނަށް މަސައްކަތާއި އެއްވަރުގެ މުސާރައެއް ނުލިބޭކަމުގައި އެސުކޫލުގެ ބެލެނިވެރިން ހާމަކޮށްފިއެވެ.

އަރައްބިއްޔާ ފެމިލީގެ ނަމުގައި އެސުކޫލުގެ ބެލެނިވެރިން ހިންގަމުންދާ ޓްވިޓާ އެކްއުންޓުގައި އެކްމާއި ގުޅިގެން ކަންބޮޑުވުންތަކެއް ވނީ ފާޅުކޮށްފައިވެއެވެ. އެގޮތުން ބައެއް ޓިޗަރުންނަށް ލީޑިން ޓިޗަރުންގެ މަގާމު ދޭނެ ކަމަށް ބުނެ އެޒިންމާ ފުރިހަމަކުރަމުންދާއިރު، ލީޑިން ޓީޗަރަކަށް ލިބެންވާ މުސާރަ ސަރުކާރުން ނުދޭކަމަށާއި އެކަމަށް އަވަސް ހައްލެއް ހޮއްދަވައިދެއްވުމަށް އެދިފައިވެއެވެ. އަދި މަސައްކަތް ކުރުވުމަށްފަހު އެދެވޭ އުޖޫރައެއް ނުދިނުމަކީ ދެވޭ އަނިޔާއެއްކަމުގައި ފާހަގަކޮށްފައިވެއެވެ..

ބެލެނިވެރިން ހިންގާ ޓްވިޓާރ އެކައުންޓުގައި އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނާއި ތީޗަރުން ކުރިމަތިލާންޖެހިފައިވާ މައްސަލަތަކާއި ބެލެނިވެރިންގެ ޝުއޫރުތައް ފާހަގަކުރަމުންދެއެވެ. އެގޮތުން އެސުކޫލުގެ ކުރީގެ ޕްރިންސިޕަލް އެޑިއުކޭޝަނަށް ބަދަލުކުރުމާއި، އަރަބިއްޔާއަށް ކުރިމަތިވާ ކަންކަން ހައްލުކުރުމުގެ ބޭނުމުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދައުލަތުގެ އެކި ފަރާތްތަކުން ފުރައްސާރަކުރަމުންގެންދާ ކަމާމެދު އަރަބިއްޔާގެ ބެލެނިވެރިން ކަންޑޮޑުވުން ފާޅުކުރެއެވެ.

އަރަބިއްޔާ ސުކޫލު އަދިވެސް ހިންގަމުން އަންނަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގަމުން ދިޔަ ވަގުތީ އިމާރާތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް