ވިލިމާލޭގެ ރައްޔިތުންނަށް ޕަބްލިކު ޓްރާންސްޕޯޓު ބޭނުންނުވާކަމުގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެއްޖެއެވެ.
ޑރ.މުއިއްޒު މިގޮތަށް ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް އިލެކްޓްރިކް ބަހުގެ ޙިދުމަތް ފެށުމަށް ނިންމާފައިވަނިކޮށް އެމެ.ޓީ.ސީ.ސީއިން ޕްބްލިކު ޓްރާންސްޕޯޓުގެ ޙިދުމަތް ދިނުމަށް ތައްޔާރުވުމާއި ގުޅިގެންނެވެ.
ވިލިމާލޭގައި އަންނަ ފެބުރުއަރީ މަހުގެ ފަހު ކޮޅުން ފެށިގެން އިލެކްޓްރިކް ބަގީގެ ޙިދުމަތް ފެށުމަށް ނިންމާފައިވަނީ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 63 ވަނަ އާއްމު ޖަލްސާގައެވެ.
މި ކަމާއި ގުޅިގެން މާލެ ސިޓީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކުރައްވާފައިވާ ޓްވީޓުގައިވަނީ ވިދާޅުވެފައިވަނީ އަދި ވިލިމާލެއަށް ޕަބްލިކް ޓްރަންސްޕޯރޓް ބަސްތަކެއް އެރުވުމަށް ބޭނުންނުވާކަމަށެވެ. ސަރުކާރުން ކުރަން އުޅޭ ކަމަކީ ލާމަރުކަޒި ނިޒާމާއި ބީރައްޓެހި ނާތަހުޒީބު އަމަލެއްކަމުގައި އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި ސިތީ ކައުންސިލުގެ ފަރާތުން އިލެކްޓްރިކް ބަގީގެ ޙިދުމަތް ދިނުމަށް ބޭނުންވާ 10 ބަގީއެއް މިމަހުގެ ފަހު ކޮޅު މާލެ ގެނެވޭނެ ކަމުގައިވެއެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަނީ ޖެއްސުން ކުރުމުގެ ގޮތުންނެވެ.
އެމްޓީސީސީން ބުނީ މިމަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށާނެ ކަމަށެވެ. އެމްޓީސީސީން ބޭނުން ކުރާނީ ހަ އިލެކްޓްރިކް ބަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް