މެނިފެސްޓޯގައި ހިމަނައިގެން ހއ. ދިއްދޫގައިވެސް އެއާޕޯޓެއް ނޯންނަންވީ ސަބަބެއް ނެތްކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ދެއްކެވި ވާހަކަފުޅަށް ބާރު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެއާޕޯޓެއްގެ ވާހަކަ އަކީ ނުދެއްކޭނެ ވާހަކައެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އަދި ދިއްދުއަށް ވަޑައިގަންނަވާނެ ކަމަށާއި އެމްޑީޕީގެ މެނިފެސްޓޯގައި ދިއްދޫ އެއާޕޯޓް ނުހިމަނަންވީ ސަބަބެއް އެމަނިކުފާނަށް ވިސްނިވަޑައިނުގަންވާ ކަމަށެވެ.
ދިއްދޫގައި ތާރު އެޅި ބޮޑު މަގުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުން އެނބުރި އަނިޔާވެރި، ބިރުވެރިކަމުގެ ތެރެއަށް ދާން ބޭނުން ނުވާކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްގީއައިގެން ކުރިއަށްދާން ކަމަށެވެ.
"ތައުލީމީ ސިއްހީ ދަތުރުފަތުރު ބޯހިޔާވަހިކަން ދީނީ އިލްމު ގާއިމްކުރުން މިސްކިތްތައް އިސްލާމީ މަރުކަޒުތައް އެޅުމާ އެތައް އެތައް ޕްރޮޖެކްޓެއް އެދަނީ ހިނގަމުން" ރައީސް ސޯލިހް ވިދާޅުވިއެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވީ ކުރީ ސަރުކާރުތަކުން 10 އަހަރުން ނުކުރެވި ހުރި ތަރައްގީގެ މަސްރޫއުތައް ދެ އަހަރާއި ބައިން ކުރެވިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް