ހެރީ ކޭން އޭނާގެ މިހާރުގެ ކުލަބް ޓޮޓެންހަމް ގެ އެއްބަސްވުން އައު ކުރުމަށް ދެކޮޅު ހަދައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ކޭން ޓޮޓެންހަމް އާއި އެކު މިހާރު ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ހަމަވާއިރު، އެ ކުލަބުން ވަނީ އިތުރު ދެ އަހަރުގެ ދުވަހުގެ އެއްބަސްވުމެއް ކޭން އަށް ހުށަ އަޅާފައެވެ. ނަމަވެސް އޭނާ ވަނީ އެ ހުށައެޅުމަށް އިންކާރުކޮށް ޓޮޓެންހަމްއާއި އެކު އެއްބަސްވުން އައު ނުކުރަން ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޭން ޓޮޓެންހަމްގެ އެއްބަސްވުން އައު ކުރުމަށް ދެކޮޅު ހަދާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅެން ބޭނުން ވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިނގިރޭސި ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކޭން ބޭނުންވަނީ އަންނަ ހޫނުމޫސުމުގައި ޔުނައިޓެޑަށް ބަދަލުވާށެވެ. އޭނާ ޓޮޓެންހަމްގެ އެއްބަސްވުން އައުކުރަން ދެކޮޅުހެދީ އެ ސަބަބާއި ބުރެކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ކޭން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު، އެ ކުލަބުން އޭނާ އެހެން މުލަބަކަށް ދޫކުރާނެ އަގަކީ 70 މިލިއަން ޕައުންޑް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް