ޗެލްސީން ކައިސެޑޯ ހޯދުމަށް މަސައްކަތް ކުރަނީ

އިނގިރޭސި ކުލަބް ޗެލްސީން ބްރައިޓަން އަށް ކުޅެމުން އަންނަ އެކުއެޑޯ މިޑްފީލްޑަރ މޮއިސެސް ކައިސެޑޯ ހޯދުމުގެ މަަަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. ރިޕޯޓުތައް ބުނެފ...

17 Jan 2023 | 15:55

އިނގިރޭސި ކުލަބް ޗެލްސީން ބްރައިޓަން އަށް ކުޅެމުން އަންނަ އެކުއެޑޯ މިޑްފީލްޑަރ މޮއިސެސް ކައިސެޑޯ ހޯދުމުގެ މަަަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުން އަންނަ ހޫނު މޫސުމުގައި ކައިސެޑޯ ހޯދުމަށް ޗެލްސީން ބިޑް ކުރާނެއެވެ. މީގެ ކުރިންވެސް ގިނަ ކުލަބުތަކަކުން ކައިސެޑޯ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފަައި ވާއިރު، އޭނާގެ ކުލަބް ބްރައިޓަން އިން ބުނެފައިވަނީ ކައިސެޑޯ ދޫކުރާނީ އެންމެ ކުޑަވެގެން ވެސް 75 މިލިއަން ޕައުންޑަށް ކަމަށެވެ.

އެހެންކަމުން 75 މިލިއަން ޕައުންޑަށް ވިޔަސް އަދި އެއަށްވުރެ ބޮޑު އަދަދެއް ދީގެން ވިޔަސް ޗެލްސީން ކައިސެޑޯ ގެންނަން މަސައްކަތް ކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީން ހާމަކޮށްފައިވާ ގޮތުގައި ފަހަކަށް އައިސް އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަނގަޅު މިޑްފީލްޑަރަކު ނެތުމުގެ މައްސަލައެވެ. އެހެން ކަމުން އަންނަ ހޫނު މޫސުނުގައި މިޑްފީލްޑަރެއް ހޯދުމުގެ މަސައްކަތް އެ ކުލަބުން އަންނަނީ ކުރަމުންނެވެ.

ޗެލްސީންގެ ގިނަ މުހިންމު ކުޅުންތެރިންތަކެއް މިވަގުތު އަނިޔާގައި ތިބިއިރު، އެ ކުލަބުން ވަނީ ދާދި ފަހުން ޕޯޗުގަލް ފޯވާޑް ޔާއޯ ފީލިކްސް އާއި ޔުކްރެއިން މިޑްފީލްޑަރ މިކައިލޯ މުޑްރީކްގެ ސޮއި ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް