ރ. ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ރ. ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ މިއަދު ޕްލެނިން މިނިސ...

17 Jan 2023 | 13:35

ރ. ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ މިއަދު ޕްލެނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ވާދޫގެ އިރު ދެކުނު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 55 މީޓަރުގެ ފަސް ބޮޑުހިލައިގެ ވައި ގްރޮއިން ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ސަރަހައްދު ގޮނޑުދޮށް ވެލިން މުއްސަނދި ކުރުން ހިމެނެއެވެ.

މި މަސައްކަތް އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ ޖުމްލަ 14.5 މިލިއަން ރުފިޔާއަށެވެ.

މަސައްްކަތް ނިންމަން ޖެހެނީ 300 ދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް