"ވެދް"ގެ ކާމިޔާބާއި އެކު ޖެނީލިއާ ބޭނުންވަނީ އެކަނިވެރި މައެއްގެ ރޯލު ކުޅެން!

ޖެނީލިއާ ދޭޝްމުކް މިހާރު ކުޅެން ބޭނުން ވަނީ މަންމަ ނޫނީ އެކަނިވެރި މައެއްގެ ރޯލު ކަމަށް އޭނާ ބުނެފި އެވެ. ޖެނީލިއާގެ މަރާތީ ފިލްމު "ވެދް" ރިލީޒް ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެއީ ކައިވެނިކޮ...

17 Jan 2023 | 12:53

ޖެނީލިއާ ދޭޝްމުކް މިހާރު ކުޅެން ބޭނުން ވަނީ މަންމަ ނޫނީ އެކަނިވެރި މައެއްގެ ރޯލު ކަމަށް އޭނާ ބުނެފި އެވެ.

ޖެނީލިއާގެ މަރާތީ ފިލްމު "ވެދް" ރިލީޒް ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެއީ ކައިވެނިކޮށް ދަރިން ލިބެން ފެށުމާއި އެކު ފިލްމު ކުޅުން ހުއްޓާލިތާ 10 އަހަރު ފަހުން ކުޅުނު ފިލްމެވެ.

އަލުން ފިލްމީ ދާއިރާގެ މަސައްކަތްތައް ފެށުމާއި ގުޅޭގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖެނީލިއާ ބުނީ އޭނާ ތަފާތު ރޯލުތައް ކުޅެން ތައްޔާރަށް ހުރި ކަމަށެވެ. އަދި މިހާރު ކުޅެން ބޭނުންވަނީ އުމުރާއި ގުޅޭ ރޯލުތައް ކަމަށް ބުންޏެވެ.

އޭގެ ތެރޭގައި އޭނާ ފާހަގަ ކުރީ ކައިވެނިކޮށްގެން އުޅޭ މީހެއް އަދި މަންމައެއްގެ ރޯލާއި އެކަނިވެރި މައެއްގެ ރޯލެވެ. އުމުރުން 35 އަހަރުގެ ޖެނީލިއާ ބުނީ އެފަދަ ރޯލުތައް ހިމަނައިގެންވެސް ލޯބީގެ ފިލްމުތައް ހެދޭނެ ކަމަށާއި އެ އުމުރުފުރާގެ މީހުންގެ މެދުގައި މަގުބޫލުވެ، ފިލްމު ކާމިޔާބު ވާނެކަމަށްވެސް ގަބޫލު ކުރާ ކަމަށެވެ.

ފިލްމު "ވެދް" ގައި ޖެނީލިއާ އާއި އެކު ލީޑް ރޯލުން ފެނިގެން ދަނީ ފިރިމިހާ ރިތޭޝް ދޭޝްމުކެވެ. ފިލްމުގައި ވެސް ދެމީހުންނަކީ ދެމަފިރިންނެވެ.

އެ ފިލްމުގައި ޖެނީލިއާއަކީ ރެއިލްވޭ ސްޓޭޝަނެއްގެ މުވައްޒަފެކެވެ. ރިތޭޝް އަކީ ކުރީގެ ލޯބިވެރިޔާ މަތިން ހަނދާން ނައްތާލަން އަބަދު ބަނގުރާބޮއި މަސްތުގެ ހާލަތުގައި އުޅޭ މީހެކެވެ. ފިލްމުން ފެނިގެންދަނީ އޭނާ ފިރިމީހާގެ ލޯބި ހޯދަން ކުރާ މަސައްކަތްތަކެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމަށް ތިން ހަފްތާ ތެރޭގައި 50 ކްރޯޑު އިންޑިއަން ރުޕީސް ލިބިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް