ރައީސް ސޯލިހް ދެއްކެވީ ރައީސް ނަޝީދަށް ކްރައިސިސް ހާލަތު މެނޭޖްކުރަން ނޭނގޭކަމުގެ ވާހަކަ !

ރައީސް މުހައްމަދު ނަޝީދަށް ކްރައިސިސް ހާލަތު މެނޭޖްކުރައްވަން ނޭނގޭކަމުގައި ވާދަވެރި ކެނޑިޑޭޓް ރައީސް ސޯލިހް ވިދާޅުވެއްޖެއެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ ކެމްޕޭނުގައި ހއ އަތޮޅަށް މިހާރުކުރައްވަމު...

17 Jan 2023 | 11:48

ރައީސް މުހައްމަދު ނަޝީދަށް ކްރައިސިސް ހާލަތު މެނޭޖްކުރައްވަން ނޭނގޭކަމުގައި ވާދަވެރި ކެނޑިޑޭޓް ރައީސް ސޯލިހް ވިދާޅުވެއްޖެއެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ކެމްޕޭނުގައި ހއ އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ކެލާގެ ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ 2008، 2009 ފައިނޭންޝަލް ކްރައިސިސް ހާލަތުގައި ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު މަދުކުރި ކަމަށާއި މުސާރަތައް ކުޑަކުރިކަމަށެވެ.

އެފަދަ ހާލަތްތަކުގައި ރިސްކު ނަގަންޖެހޭނީ ސަރުކާރުން ކަމުގައި ވިދާޅުވިއެވެ. އަދި އޭރު ކަން ކުރެއްވީ ކަން ކުރައްވަންޖެހޭ ގޮތަށް ނޫންކަމުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހް ކެލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވެރިކަމުގެ ހަތަރު އަހަރުގެ ތެރެއިން ކޮވިޑުގެ ދެ އަހަރު ކެނޑުމަށްފަހު ލިބުނު ދެ އަހަރުގެ ތެރޭގައި އެކަނި ކެލާ، ވަށަފަރު އަދި ފިއްލަދޫގައި ތަރައްގީގެ މަޝްރޫއުތަކުގައި 118 މިލިޔަން ހަރަދުކޮށްފައިވާކަމަށެވެ. އަދި މިއީ ފާއިތުވި 12 ނުވަތަ 15 އަހަރުގެ ތެރޭގައިވެސް މިހާ އިންވެސްޓްމެންޓްކޮށްފައި ނޯންނާނެކަމުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ހއ. ދަތުރުފުޅުގައި މިއަދު ހޯރަފުއްޓާއި އިހަވަންދުއަށް މިއަދު ވަޑައިގެންނެވިއެވެ. އަދި ކެލާއަށްފަހު މިރޭ މި އަތޮޅު ދިއްދޫއަށް ވަޑައިގަންނަވާނެއެވެ. ދިއްދޫގައި މިރޭ ކެމްޕޭނު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް ސޯލިހްގެ ކެމްޕޭނު ޓީމުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް