ފުލުހުންގެ މަސައްކަތް ހަރުދަނާވެ ކުރިއަރާނީ ވޯކްޝޮޕްތައް ބޭއްވި ޓްރެއިނިންތައް ހަރުދަނާކުރެވިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އިމްރާން ވިދާޅުވީ، ރައްޔިތުންނާއި ގާތުން ފުލުހުން ޖަވާބުދާރީވާ މިންވަރު ބޮޑުތަނުން ރަނގަޅުވާތަން ފެންނަ ކަމަށެވެ
އަދި ފުލުހުންގެ މަސައްކަތްތަކަށް ބަދަލު ގެނެވެނީ ދިރާސާކޮށްގެން ކަމަށް އިމްރާން ފާހަގަ ކުރައްވާ ފައިވެއެވެ.
އަދި ފުލުހުންގެ މަސައްކަތް ހަރުދަނާވެ ކުރިއަރާނީ ކޮންފަރެންސްތާއި ވޯކްޝޮޕްތައް ބޭއްވި ޓްރެއިނިންތައް ހަރުދަނާކުރެވިގެން އެކަމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރެވިގެން ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ އާ ޤާނޫނާއިއެކު ފުލުހުން މައްސަލަތަކަށް އެޑެންޓް ކުރެވޭ މިންވަރު އަވަސްވެފައި ނަތީޖާ ނެރޭ މިންވަރު އަވަސްވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް