ތަމަންނާ ޔަގީން ކޮށްދިނީ ވިޖޭ އަކީ ކަމެއްކަން!

އިންޑިއާގެ މަޝްހޫރު އެކްޓެރެސް ތަމަންނާހް ބާތިޔާ އާއި އެކްޓަރު ވިޖޭ ވަރުމާ އާއި ދެމެދު ގުޅުމެއް އޮތްކަން ޔަގީންވާ ފަދަ ގޮތަކަށް އުޅެފި އެވެ. މި ދެ ތަރިންގެ މެދުގައި ގުޅުމެއް އޮތް ކަމަށް ބުނެ ވާހަކަ ދެ...

17 Jan 2023 | 08:48

އިންޑިއާގެ މަޝްހޫރު އެކްޓެރެސް ތަމަންނާހް ބާތިޔާ އާއި އެކްޓަރު ވިޖޭ ވަރުމާ އާއި ދެމެދު ގުޅުމެއް އޮތްކަން ޔަގީންވާ ފަދަ ގޮތަކަށް އުޅެފި އެވެ.

މި ދެ ތަރިންގެ މެދުގައި ގުޅުމެއް އޮތް ކަމަށް ބުނެ ވާހަކަ ދެކެވެން ފެށީ ދެމީހުންގެ ވަރަށް ގައިގޯޅި ފޮޓޯތަކެއް އާންމު ވުމާއި ގުޅިގެންނެވެ. އެކަމަކު އެކަމާއި ގުޅޭގޮތުން ތަމަންނާހް އާއި ވިޖޭ މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެ އެވެ.

އޭގެ ފަހުން މިދިޔަ ހަފްތާ ބަންދުގައި އިންޑިއާގެ މުމްބާއީގައި ބޭއްވި އެވޯޑު ހަފްލާއެއްގައި ދެމީހުން ވަނީ އެކުގައި ފޮޓޯއަށް ހުއްޓި ވަރަށް ގާތްކޮށް އުޅެ އެއީ ހިނގަމުންދާ ގުޅުމެއް ކަން އަމަލުން ޔަގީން ކޮށްދީފައި އެވެ. ޕަޕަރާޒީއަކު އާންމު ކުރި އެ ހަފްލާގެ ވީޑިއޯއެއްގައި ފެންނަނީ ތަމަންނާހް ފޮޓޯއަށް ހުއްޓިގެން ހުއްޓަ ވިޖޭ ފަހަތުން ނުވާ ކަމަށް ހެދިގެން ދަމުން ހުއްޓިލާތަނެވެ.

ދެން ދެމީހުން އެކުގައި ފޮޓޯ ނެގުމަށް ތަމަންނާހް އެދުމުން ވިޖޭ ވަގުތުން އަތު ގުޅާލައި ދެމީހުން ބައްދައިގެން ތިބެ ފޮޓޯ ނަގަ އެވެ. ފަހުންވެސް ދެމީހުން އެއް ތަނެއްގައި ތިބޭ ވީޑިއޯއެއް ފެނެ އެވެ.

https://www.instagram.com/p/Cnb_fvOBnI1/

ވީޑިއޯ ބެލި މީހުން ވަނީ ދެމީހުންގެ މިޒާޖު ވަރަށް ގުޅޭ ކަމަށް ބުނެފައި އެވެ.

ވިޖޭ ފެނިގެންދިޔަ ފަހުގެ ފިލްމުތަކުގެ ތެރޭގައި "ބާގީ3"، "ޑާލިންސް" އަދި "ގުލީ ބޯއީ" ހިމެނެ އެވެ. ތަމަންނާހް އިންޑިއާގައި އެންމެ މަޝްހޫރީ ޓެލެގޫ އަދި ތަމަޅަ ފިލްމުތަކުންނެވެ. އޭނާ ކުޅެފައިވަނީ މަދު ހިންދީ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް