އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތި ވީނުވީއެއް ނޭނގި ގެއްލިއްޖެ

ޕާކިސްތާނު މީހަކު އެތެރެކުރިކަމަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތި ހިމެނޭކަމަށް ބެލެވޭ ލަގެޖެއް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ. މިކަމުގައި ފުލުހުން ބުނަނީ މި މަހުގެ އަށްވަނަ ދުވަހު ރާއްޖެ އައި ޕާކިސްތ...

17 Jan 2023 | 07:52

ޕާކިސްތާނު މީހަކު އެތެރެކުރިކަމަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތި ހިމެނޭކަމަށް ބެލެވޭ ލަގެޖެއް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

މިކަމުގައި ފުލުހުން ބުނަނީ މި މަހުގެ އަށްވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން އޭނާ ފުލުހުންނާއި ހަވާލުކުރި ކަމަށާއި ނަމަވެސް އޭނާގެ ލަގެޖު ކަސްޓަމްސްއިން ހަވާލު ނުކުރާ ކަމަށް ފުލުހުން ބުނެއެވެ.

"އޭނާ އައި އިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައިކަމަށާއި ލަގެޖު ގެންދިޔަ މީހެއް ނޭނގޭކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖްތަކުން އެ ލަގެޖު އަދި ދެނެގަނެވިފައިނުވާކަމަށާއި އެއާޕޯޓުގެ ބައެއް މުހިއްމު ދިމާތަކުގައި ސީސީޓީވީ ނެތްކަން ފަހަގަކުރެވޭކަމަށެވެ. އަދި އޭނާއާއިމެދު ތުހުމަތުކޮށް ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ މިހާރު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް