ވައުދެއް ވެއްޖިއްޔާ، އެކަން ދޫކޮށް ނުލާނެ ކަމުގެ ޔަގީންކަން ދެން: ރައީސް ސޯލިހު

ވައުދެއް ވެއްޖެ ނަމަ އެކަން ދޫކޮށް ނުލައްވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިންގައި އުތުރ...

17 Jan 2023 | 07:27

ވައުދެއް ވެއްޖެ ނަމަ އެކަން ދޫކޮށް ނުލައްވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިންގައި އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުށީގައި އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި ކުރާ މަސައްކަތުގައި އެންމެ އިސްކަމެއް ދެނީ ފުރަތަމަވެސް ރައްޔިތުންގެ އަސާސީ ހައްގުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދާއިރު، އޭގެ ފަހުން ބޭނުންވާ ދިރިއުޅުމައިގެން ކުރިއަށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހޯރަފުށި ދާއިރާއަށް ގެންނަ ތަރައްގީގައި އުލިގަމާއި ތުރާކުނު ބާކީވެގެން ނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ދެ ރަށުގެ ރައްޔިތުންނަށް ވެސް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

ރައީސް ވިދާޅުވީ ކޯވިޑާ ގުޅިގެން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އޭރު ވެސް ބަޔަކު އިދިކޮޅު ހަދައި ރާއްޖެ ބަންދު ނުކުރަން ގޮވާލަމުން ދިޔަ ކަމަށެވެ. އެއީ އާދައިގެ އަރިދަފުސް ރޯގާއެއް ކަމާއި ކޮންމެވެސް ވަރަކަށް މީހުން މަރުވިޔަސް އެކަމަށް ދޫކޮށްލައި ކުރިޔަށް ދާން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ލަފާ ދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ފަހުން ބޯޑަރުތައް ހުޅުވަން ނިންމުމުން އެކަމާވެސް އިދިކޮޅަށް އެ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް