ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގެ އާބާދީ 60 އަހަރުތެރޭ ފުރަތަމަ ފަހަރަށް ދަށްވިކަމަށް އެގައުމުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
1.4 ބިލިއަން އާބާދީގެ ޗައިނާއިން 850،000 (އަށް ލައްކަ ފަންސާސް ހާސް) މިދިޔަ އަހަރުގެ ނިމުމާއި ހިސާބުން މަދުވެފައިވާކަމުގައި ބެޖިންގްސަ ނެޝަނަލް ބިއުރޯ ސްޓެޓިސްޓިކްސް (ބީ އެން އެސް) ގެ ރިޕޯޓުތަކުން ހާމަވެއެވެ. އެގޮތުން އަހަރު ނިމުނު ހިސާބުގައި އުފަންވާ އަދަދު 9.56 މިލިއަނުގައި އުޅޭއިރު މަރުވާ މީހުންގެ އަދަދު 10.41 މިލައަނުގައި ކަމަށް ބުނެފައިވެ އެވެ.
ބެޖިން އަކީ ޗައިނާގެ ވެރި ރަށެވެ.
ދުނިޔޭގެ އާބާދީ އެންމެ ބޮޑު ޤައުމުގެ ގޮތުގައި ޗައިނާ އޮންނަތާ އެތައް އަހަރެއްވެފައިވާނަމަވެސް މިއައި ބަދަލާއި އެކު އިންޑިއާއަށް އެ ނަން ލިބުމަކީ އެކަށީގެންވާ ކަމެއްކަމުގައި ރިޕޯޓުތަކުން ބުނެއެވެ. އެގޮތުން އިންޑިއާގެ މިހާރުގެ އާބާދީ 1.4 ބިލިއަނަށް ވުރެ ގިނަ ވާނެކަމުގައި ލަފާދާރުން ލަފާކުރެއެވެ.
ޗައިނާގައި 2016 ވަނަ އަހަރުގެ ކުރިން ދެމަފިރިއަކަށް ހޯދޭނީ އެންމެ ދަރިއެއް ކަމުގެ ހަރުކަށި އުސޫލީ ގާނޫނު އެއަހަރުން ފެށިގެން ބަދަލުކޮށް ތިން ކުދިން އާއިލާއަކަށް ހޯދުން ވަނީ ހުއްދަ ކޮށްފައެވެ. އެހްނަނަމަވެސް އޭގެ 7 އަހަރު ފަހުން އާބާދީ ބިޮޑުވުމުގެ ބަދަލުގައި މިހާ ބޮޑު ބަދަލެއް އައިސްފައިވަނީ ކޮވިޑުގައި އެޤައުމުން ދުނިޔެ ދޫކުރި މީހުންފެ އަދަދު ގިނަވުމާއި ޗައިނާގެ މައޯ ޒިދޯންގގެ‘ ގްރޭޓް ލީޕް ފޯރވާޑް އެގްރިކަލްޗަރަލް ޕޮލިސީ’ ގެ ސަބަބުން ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އދ ގެ މާހިރުން ލަފާކުރާގޮތުގައި 2050 ވަނަ އަހަރާއި ޗައިނާގެ އާބާދީ 109 މިލިއަނުން ކުޑަވާނެ އެވެ. އެހެންނަމަވެސް އެންބީއެސް ގެ ވެރިއެއްކަމުގައިވާ ކަންގް ޔީ ވިދާޅުވެފައިވަނީ ޗައިނާގެ އާބާދީއަށް ބަދަލު އައުމަކީ ޤައުމުތަކުން ކަންބޮޑުވާންވީ ކަމެއް ނޫންކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް