ރައީސް ކެމްޕެއިނަށް ހޯރަފުއްޓަށް ވަޑައިގެންނަވުމުން ހޫނު މަރުހަބާއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ހޯރަފުއްޓަށް ވަޑައިގެންފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ މިމަހުގެ28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެކެވެ. އެރަށ...

17 Jan 2023 | 05:59

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ހޯރަފުއްޓަށް ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ މިމަހުގެ28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެކެވެ. އެރަށް ރައީސް ސޯލިހު ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.

ރައީސް ސޯލިހަށް އެ ރަށުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. އެގޮތުން އެމްޑީޕީ އާިއ ރަށުގެ ގިނަ ބަޔަކު މަރުހަބާ ކިޔުމަށް އެއާޕޯޓު ސަރަހައްދަށް އެއްވެފައިވެ އެވެ.

ރައީސްގެ މިދތަރުފުޅުގައި ހއ، ހދ އަދި ށ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގެންނަވާނެ އެވެ. އަދި އެ ރަށްރަށުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވާ ޖަލްސާތައް ބޭއްވުމުގެ އިތުރުން ދޮރުން ދޮރަށް ހިންގަވައި ކެމްޕެއިން ކުރައްވާނެ އެވެ.

މިއީ ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން ރައީސް ސޯލިހު ހޯރަފުއްޓަށް ކުރެއްވި ތިން ވަނަ ދަތުރުފުޅެވެ.

އެމްޑީޕީ ޕްރައިމަރީގައި ރައީސް އާއި ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް