ބޮޑު މުޖްރިމަކު ދެވަނަ ފަހަރަށް ޤައުމުގެ އިސްވެރިޔަކަށް ޢައްޔަންކުރަން ހެޔޮވާނީ ކިހިނެތް: ޑރ. އިޔާޒް

ބޮޑު މުޖުރިމަކު ދެވަނަ ފަހަރަށް ޤައުމުގެ އިސްވެރިޔަކަށް ޢައްޔަންކުރަން ހެޔޮވާނީ ކިހިނެއްތޯ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމު ވެރިޔާ ޑރ. މުހައްމަދު އިޔާޒް ސުވާލުކުރައްވައިފިއެވެ. ޑރ އިޔާޒް މިހެން ވިދާޅުވީ ...

17 Jan 2023 | 05:29

ބޮޑު މުޖުރިމަކު ދެވަނަ ފަހަރަށް ޤައުމުގެ އިސްވެރިޔަކަށް ޢައްޔަންކުރަން ހެޔޮވާނީ ކިހިނެއްތޯ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމު ވެރިޔާ ޑރ. މުހައްމަދު އިޔާޒް ސުވާލުކުރައްވައިފިއެވެ.

ޑރ އިޔާޒް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިޔާޒް ކުރެއްވި ޓްވީޓްގައި ވަނީ ތިމާ ބޭނުންވާ ބަޔަކު ހައްޔަރުކުރަން ޣައިރު ޤާނޫނީ އަމުރު ނެރެނުދިނީމާ ސިފައިން ފޮނުވައިގެން ޤާޟީ ކިޑްނެޕްކޮށް ފޮރުވައިގެން އެތައްދުވަހެއްވަންދެން ގެންގުޅެފައިވާ މީހަކު ދުނިޔަވީ ގޮތުން މިނިވަންވެގެން ހުރިނަމަވެސް ޤިޔާމަތް ދުވަހުން އެކަންކުރާނީ އަދި އޭނާގެ ދިފާޢުގައި ވަކާލާތުކުރާނީ ކާކުތޯ ސުވާލުކުރައްވާފައެވެ.

އިޔާޒްގެ ޓްވީޓްގައި ވަނީ މިފަދަ ބޮޑު މުޖްރިމަކު ދެވަނަ ފަހަރަށް ޤައުމުގެ އިސްވެރިޔަކަށް ޢައްޔަންކުރަން ހެޔޮވާނީ ކިހިނެއްތޯ ސުވާލުއުފައްދަވާ މިކަންކަމާއި މެދު ވިސްނާ ފިކުރުކުރެއްވުމަށް ގޮވާލައްވާފައެވެ.

ބެލެވޭ ގޮތުގައި އިޔާޒްގެ ޓްވީޓްގައި އިޝާރަތްކުރައްވާފައި އެވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު އެމަނިކުފާނުގެ އަމުރަށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގާ، ރަހީނު ކޮށްފައިވާ މައްސަލައެވެ.

މީގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި ނަޝީދު ނުވަތަ އިތުރު މީހަކު ވެސް ފަރުދީ ގޮތުން ކޮށްފައިވާ އަމަލެއް ނެތް ކަމަށާއި އަބްދުﷲ ގާޒީ ހައްޔަރު ކޮށްފައި ވަނީ ފުލުހުން ހިންގި ތަޙްޤީޤަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުމުން ކަމަށް ނިންމާ ނަޝީދުގެ މައްޗައް އޭރު އިއްވި 13 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް