ރަޝިޔާގެ ލަވަކިޔުންތެރިޔާ ވޭރާ، ފިރިމީހާ އާއި ވަކިން ރާއްޖޭގައި

ރަޝިޔާގެ މަޝްހޫރު ލަވަކިޔުުންތެރިޔާ 39 އަހަރުގެ ވޭރާ ބްރެޒްނެވާ އޭނާގެ ފިރިމީހާ ކޮންސްޓަންޓީން މެލާޑްޒީ އާއި ވަކިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ވޭރާގެ މި ޗުއްޓީ ދަތުރުގައި އޭނާ އާއި އެކ...

17 Jan 2022 | 15:37

ރަޝިޔާގެ މަޝްހޫރު ލަވަކިޔުުންތެރިޔާ 39 އަހަރުގެ ވޭރާ ބްރެޒްނެވާ އޭނާގެ ފިރިމީހާ ކޮންސްޓަންޓީން މެލާޑްޒީ އާއި ވަކިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ވޭރާގެ މި ޗުއްޓީ ދަތުރުގައި އޭނާ އާއި އެކު ބައިވެރިވެފައި ވަނީ ރަހްމަތްތެރިންނާއި އެއްބަނޑުއެއްބަފާ ދައްތަ ވިކްޓޯރިއާ ގަލުޝްކާ އެވެ.

ވޭރާ އާއި އޭނާގެ ރަހްމަތްތެރިން ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ލަގްޒަރީ ހޮޓެލެއް ކަމުގައިވާ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ގައެވެ.

ވޭރާ ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގައި ފިރިމީހާ ބައިވެރިވެފައި ނުވާތީވެ އޭނާގެ ފަރާތުން ފޫހި ކަމެއް ފާހަގަ ނުވާ ވަރަށް ދަނީ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ގައި އެންމެ ރެއެއް ހޭދަކުރަންވެސް ބައި މިލިއަން ރަަބަލްސް (ރަޝިޔާ ފައިސާ) ހަރަދު ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް