ކޮމަންޑޫ ކައިރިން ތިން ރަށެއްގައި ރިސޯޓު ހަދަނީ

ށ. ކޮމަންޑޫ ކައިރީގައި އޮތް 3 ރަށެއްގައި ރިސޯޓު ހަދަން އިއުލާނުކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބިޑް ޑޮކިއުމެންޓަށް ހުށަހެޅި އިސްލާހުގައި ރިސޯޓު ހަދަން އިތުރު ކޮށްފައިވާ ރަށްތަކަކީ ށ. މެދުރަށާ...

17 Jan 2022 | 15:29

ށ. ކޮމަންޑޫ ކައިރީގައި އޮތް 3 ރަށެއްގައި ރިސޯޓު ހަދަން އިއުލާނުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބިޑް ޑޮކިއުމެންޓަށް ހުށަހެޅި އިސްލާހުގައި ރިސޯޓު ހަދަން އިތުރު ކޮށްފައިވާ ރަށްތަކަކީ ށ. މެދުރަށާއި، ށ. ދިގުރަށް އަދި ށ. މައިރަށެވެ.

ޖުމްލަ 1.2 މިލިއަން ރުފިޔާ އަށް ދޫކުރާ މި ތިން ރަށުގައި 19 ހެކްޓަރު ހުންނާނެއެވެ.

މިކަން ހާމަ ކޮށްފައި ވަނީ ކޮމަންޑޫ ދާއިރާ އަށް ޕްރޮޖެކްޓްތައް ސަރުކާރުން ހިންގާ ކަމުގެ ޝަކުވާ އާންމު ވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ދާއިރާގެ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ދަނީ ކޮމަންޑޫ ދާއިރާ އަށް ހާއްސަކޮށްގެން މަޝްރޫޢު ތައް ހިންގަމުންނެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެނޑިޑޭޓަކު ވާދަކުރެއެވެ.

ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ސަރުކާރުން މި ފަހުން ގިނަ މަޝްރޫޢުތަކެއް ފަށަން އިއުލާނުކޮށްފައި ވެއެވެ.

އެގޮތުން ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމާއި، ފުޓްސަލް ދަނޑުތައް ހެދުމާއި، ބަނދަރުތައް އަޕްގްރޭޑް ކުރުމާއި، އެ ދާއިރާގެ ތިން ރަށުގައި ފެނާއި ނަރުދަމާ އެޅުން ހިމެނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވޯޓުލުން ކުރިއަށް ގެންދާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.  މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް