އުމުރުން 42 އަހަރު ވަންދެން ފުޓްބޯޅަ ކުޅުން ހުއްޓާނުލާ ކުރިޔަށް ދެންދާނެ ކަމަށް ޕޯޗުގަލް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ އޭނާގެ އުމުރަކީ 36 އަހަރު ނަމަވެސް އޭނާގެ ފިޒިކަލީ އެކަން ގަބޫލް ނުކުރާ ކަމަށެވެ. ރޮނާލްޑޯ ބުނީ އޭނާ ގަބޫލް ކުރާ ގޮތުގައި އޭނާގެ އުމުރަކީ 30 އަހަރު ކަމަށެވެ. އެހެން ކަމުން މިހާރުވެސް މި ކުޅޭ ފެންވަރުގައި އުމުރުން 42 އަހަރު ވަންދެން ވެސް ފުޓްބޯޅަ ކުޅެވިދާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.
" އަހަރެންގެ އުމުރަކީ 36 އަހަރު ނަމަވެސް ފިޒިކަލީ އެކަން ގަބޫލެއް ނުކުރަން. އަހަރެން އަދިވެސް ގަބޫލްކުރަނީ އަހަރެން މިހުރީ އުމުރުން 30 އަހަރުގައި ކަމަށް. ފިސިކަލީ އަދި މެންޓަލީ އަހަރެން އެ އުމަރަށް ފިޓް. އެހެން ކަމުން އުމުރުން 42 އަހަރު ވަންދެން ފުޓްބޯޅަ ނުކުޅެވެންވީ ސަބަބެއް ނެތް." އީއެސްޕީއެސް އާއި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުނީ އިޓަލީގެ ޔުވެންޓަސްގައި ތިން ސީޒަނެއް ހޭދަކުރުމަށް ފަހު ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައެވެ. ރޮނާލްޑޯ ވަނީ ޔިނައިޓެޑަށް އެނބުރި އައިސް މިހާތަނަށް ކުޅުނު 22 މެޗުގައި 14 ގޯލު ޖަހައި ތިން އެސިސްޓް ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް