އުރީދޫ ކަލަންޑަރު: ހުރިތާކުހުރެ ކަނޑުފަޅުގެ ދިރުންތައް ތަޖުރިބާކޮށްލުމުގެ އިހުސާސް ގެނުވަދޭ

މި ހިނގާ 2022 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރެވެ. ރަން ޔޫބީލް ފުރޭ މި ފަތުރުވެރިކަން ގުޅި ލާމެހިފައިމިވަނީ މި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ކަނޑުފަޅުތަތާއި އެ ގޮނޑުދ...

17 Jan 2022 | 15:09

މި ހިނގާ 2022 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރެވެ. ރަން ޔޫބީލް ފުރޭ މި ފަތުރުވެރިކަން ގުޅި ލާމެހިފައިމިވަނީ މި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ކަނޑުފަޅުތަތާއި އެ ގޮނޑުދޮށްތަކާއި ކަނޑުފަޅުތަކުގެ ދިރުންތަކާއެވެ.

އުރީދޫ މޯލްޑިވްސް ގެ މި އަހަރުގެ ކަލަންޑަރު ހާއްސަކޮށްފައިމިވަނީ މި ދިރުންތަކަށެވެ. އޮގްމެންޓެޑް ރިއަލިޓީ މެދުވެރިކޮށް މި ދިރުންތައް ތަޖުރިބާކޮށްލުމުގެ އިހުސާސް ކޮށްލެވެއެވެ. މީގެ އިތުރުން އޮރިގަމީގެ ގޮތުގައި މި ދިރުން ތައްޔާރުކޮށްލެވެއެވެ. އޮރިގަމީ ތައްޔާރުކުރާނެ އެކަމަށް ހާއްސަ ކަރުދާސްވެސް ކަލަންޑަރާއެކު ހިމަނާފައިވެއެވެ. އޮރިގަމީ ކަރުދާސް ތައްޔާރުކޮށްފައިވަނީ އެ މަހަކަށް ހާއްސަކޮށްފައިވާ ދިރުމާއި ގުޅޭނެ އާޓްވޯކާއެކުގައެވެ.

ކޮންމެ މަހެއްގެ މައި ސަފްހާގައިވާ ކިއުއާރްކޯޑް ސްކޭން ކޮށްލުމުން، އޮރިގަމީ ތައްޔާރުކުރާނެ ގޮތުގައި ވީޑިއޯ ފެނިގެންދެއެވެ. އެ ވީޑިއޯގައި ބުނެދޭ "ސްޓެޕް ބައި ސްޓެޕް" ފޮލޯކޮށްލައިގެން ކޮންމެ މަހަކުވެސް އެމަހަކަށް ހާއްސަ ދިރުމެއްގެ ތްރީޑީ އޮރިގަމީ ތައްޔާރުކޮށްލެވެއެވެ.

އޮގެމެންޓެޑް ރިއަލިޓީ މެދުވެރިކޮށް އެ ދިރުމެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދަނީ ކޮންމެ މަހަކަށް ހާއްސަކޮށް ހިމަނާފައިވާ ސްނެޕް ކޯޑް، ސްނެޕްޗެޓުން ސްކޭން ކޮށްލުމުންނެވެ. ސްކޭން ކޮށްލުމާއެކު އޮގްމެންޓެޑް ރިއަލިޓީގެ ޖާދޫ ފެށެއެވެ. ވަށައިގެންވާ މާހައުލު، ކަނޑަކަށް ނުވަތަ ގުދުރަތީ މާހައުލަކަށް ބަދަލުވެ ވަށައިގެން ދިރުންތައް އުޅޭ މަންޒަރު ފެނިގެންދެއެވެ. ފެންނަ މަންޒަރާއެކު ގުޅުވާލައި ހިމަނާފައިވާ މިއުޒިކާއެކު އޮގެމެންޓެޑް ރިއަލިޓީ މެދުވެރިކޮށް މި ދިރުން ތަޖުރިބާކޮށްލާއިރު ހިތްހަމަޖެހުން ގެނުވައެވެ. އޮފީހުގައި އިނދެ، ގޭގެ ސިޓިން ރޫމުގައި ތިބެ އެ ދިރުންތަކުގެ ގުދުރަތީ މާހައުލަށް ޒިޔާރަތް ކުރެވޭކަމުގެ އިހުސާސް ގެނުވައެވެ.

މި ހިނގާ ޖަނަވަރީ މަސް ފެހުރިއްސަށް ހާއްސަކޮށްފައިވާއިރު ފެބްރުއަރީ ހާއްސަކޮށްފައިވަނީ ކޯމަހަށެވެ. މާރިޗްމަސް އެންމަޑިއަށް ހާއްސަކޮށްފައިވާއިރު އޭޕްރިލަ މަސް ހާއްސަކޮށްފައިވަނީ މާރަނގައަށެވެ. މެއި މަސް ތުންގަނޑު ހިބަރަށް ހާއްސަކޮށްފައިވާއިރު ޖޫން މަސް ހާއްސަކޮށްފައިވަނީ ފެމުނު މިޔަރަށެވެ. ޖުލައިމަސް ވައްލައަށް ހާއްސަކޮށްފައިވާއިރު އޮގަސްޓްމަސް ހާއްސަކޮށްފައިވަނީ ކަޅު ވެނަށެވެ. ސެޕްޓެމްބަރު މަސް ނައިބޮއްޔަށް ހާއްސަކޮށްފައިވާއިރު އޮކްޓޯބަރ މަސް ހާއްސަކޮށްފައިވަނީ ވެލައަށެވެ. ނޮވެމްބަރު މަސް ބޯވައަށް ހާއްސަކޮށްފައިވާއިރު ޑިސެމްބަރު މަސް ހާއްސަކޮށްފައިވަނީ މާކަނައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް