ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ފުވައްމުލަކުގެ ކުރީގެ މޭޔަަރު ފަލާހު

ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ފުވައްމުލަކުގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ހަމަޖައްސައިފިއެވެ. ފަލާހު އަކީ ފުވައްމަލުކަގެ މޭޔަރުކަމުގެ އިތުރުން، ޏ. އަތޮޅު ކައުންސިލްގެ ރައީސްކަނ...

17 Jan 2022 | 12:43

ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ފުވައްމުލަކުގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ހަމަޖައްސައިފިއެވެ.

ފަލާހު އަކީ ފުވައްމަލުކަގެ މޭޔަރުކަމުގެ އިތުރުން، ޏ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ އަބްދުﷲ ފަލާހު ޝަރީފް ޕްލޭނިންގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 35،500ރ. ލިބިވަޑައިގަންނަވައެވެ. އެއީ އަސާސީ މުސާރާއިގެ ގޮތުގައި 20،500ރ. އާއި 15،000ރ. ގެ އެލަވަންސެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް