ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާ އަށް ވަޑައިގެންފިއެވެ. ހަތަރު ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ލަންކާ އަށް ވަޑައިގެންފައި ވަނީ އިއްޔެގެ ވަގުތެއ...

17 Jan 2022 | 08:50

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާ އަށް ވަޑައިގެންފިއެވެ.

ހަތަރު ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ލަންކާ އަށް ވަޑައިގެންފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެ އަރޕޯޓުން އެ މަނިކުފާނަަށް މަރުހަބާ ދެންނެވީ ރީޖަނަލް ކޯޕަރޭޝަން ސްޓޭޓް މިނިސްޓަރު ތަރާކާ ބާލަ ސޫރިޔާ އެވެ.

ރައީސް ނަޝިދުގެ މި ދަތުރުފުޅަކީ ސްރީލަންކާ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަންގައި ޝަރަފުވެރި ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވެފައިވަނީ މިއީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ހިޒް އެކްސެލެންސީ ނަމާލް ރާޖަޕަކްސާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި މި މަހުގެ 16 އިން 18 އަށް ރައީސް ނަޝީދު ސްރީލަންކާ ގައި މަޑުކުރައްވާނެއެވެ.

މިއީ އެގައުމުގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށާއި އެހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ނޭޝަނަލް ޔޫތު ސަރވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަނެކެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސްވެރިންނާއި އެ ޤައުމުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް