ކަރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފްލެޓަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފަ: ސްޓެލްކޯ

ކަރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފްލެޓަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ހިޔާ ފްލެޓުތަކުން ކަރަންޓާއި ފެނުގެ ޚިދުމަތް މިއަދު ކެނޑިފައިވަނީ ހުޅުމާލޭގެ ހިޔާފްލެޓްތ...

17 Jan 2022 | 08:18

ކަރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފްލެޓަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ހިޔާ ފްލެޓުތަކުން ކަރަންޓާއި ފެނުގެ ޚިދުމަތް މިއަދު ކެނޑިފައިވަނީ ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ކޮނުމުގެ ތެރޭގައި ގެއްލުންވެގެންނެވެ.

އެވަގުތުން ފެށިގެން ސްޓެލްކޯގެ ޓީމު އެ ސަރަހައްދުގައި ހަރަކާތްތެރިވެ، މެދުކެނޑުމެއް ނެތި މަސައްކަތްކޮށް ގާތްގަޑަކަށް ދޮޅު ގަޑިއިރެއްހައި އިރުގެތެރޭގައި ވަނީ އަލުން ކަރަންޓު ފޯރުކޮށްދީފައެވެ.

ސްޓެލްކޯ އިން ބުނީ ދިމާވި ދަތިތަކަށް މަޢާފަށް އެދޭ ކަމަށާއި މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދު ވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1482986432533000196

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް