މާފުށީ ޖަލުން 36 ގައިދީ އަކާއި ފަސް އޮފިސަރަކު ޕޮޒިޓިވް

މާފުށީ ޖަލުން އިއްޔެގެ ނިޔަލަށް 36 ގައިދީއަކާއި ފަސް އޮފިސަރަކު ޕޮޒިޓިވް ވެފައިވާ ކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ. މާފުށީ ޖަލުން ކޯވިޑްގެ ކޭސްތައް ފެނި އެތަން ކުއްލި ހާލަތައް ގެނެސްފައިވަނ...

17 Jan 2022 | 07:33

މާފުށީ ޖަލުން އިއްޔެގެ ނިޔަލަށް 36 ގައިދީއަކާއި ފަސް އޮފިސަރަކު ޕޮޒިޓިވް ވެފައިވާ ކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

މާފުށީ ޖަލުން ކޯވިޑްގެ ކޭސްތައް ފެނި އެތަން ކުއްލި ހާލަތައް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އޭރު މާފުށީ ޖަލުން ޕޮޒިޓިވް ވެފައިވަނީ ހަތް އޮފިސަރުންނާއި ހަތަރު ގައިދީންނެވެ.

އިއްޔެގެ ނިޔަލަށް މާފުށީ ޖަލުން 36 ގައިދީއަކާއި ފަސް އޮފިސަރަކު ޕޮޒިޓިވް ވެފައިވާ އިރު، 68 ގައިދީއަކާއި 12 އޮފިސަރުން ކަރަންޓީނުގައި ތިބި ކަމަށް ވެސް ކަރެކްޝަންސް ސަރވިސް އިން ބުނެއެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މާފުށީ ޖަލު ކުއްލި ހާލަތަކަށް ގެނެސްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުން މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލުންގެ ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިން ކޮށްނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް