ހެލްތް ސެކްޓަރ ގައި މަސައްކަތްކުރައްވާ ޓެކްނީޝަނުން ތަމްރީން ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ ހޮސްޕިޓަލް ހެލްތް ސެންޓަރ ތަކުގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ބަލަހައްޓާ ޓެކްނީޝަނުންނަށް
އޮޓޮމޯޓިވް މެއިންޓަނަންސް ޕްރޮގްރާމް ހިންގުމަށްޓަކައި ސޮއި ކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޕޮލީޓެކްނިކްއާއި ދެމެދުއެވެ.
މިނިސްޓްރީ އޮފް ހެލްތްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ހޮސްޕިޓަލް / ހެލްތް ސެންޓަރތަކުގައި މަސައްކަތްކުރައްވާ 18 ޓެކްނީޝަނުންނަށް ތިން މަސް ދުވަހުގެ އޮޓޮމޮޓޯވް މެއިންޓަނަންސް ޓްރެއިނިންގ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޓްރެއިނިންގެ ސަބަބުން ހޮސްޕިޓަލް ހެލްތް ސެންޓަރތަކުގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ ފަންނީ ގާބިލްކަން އިތުރުވެ، އެމްބިއުލާންސް ފަދަ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުކުރެވި މިފަދަ ތަކެތީގެ މަރާމާތަށްދާ ޚަރަދު ކުޑަވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް