ނެޓްފްލިކްސް އިން އަނެއްކާ ވެސް އަގުތައް ބޮޑުކުރަނީ

ނެޓްފްލިކްސް އިން އަނެއްކާ ވެސް އަގުތައް ބޮޑުކުރަން ނިންމައިފިއެވެ. ރިޕޯޓުތައް ބުނާގޮތުން އަގު ބޮޑުކުރަން މިފަހަރު ނިންމީ ކޮންޓެންޓް ވަރުގަދަކޮށް މުއްސަނދިކުރަން މިހާރު ބޮޑު ހޭދައެއްކުރަމުން އަންނާތީއ...

17 Jan 2022 | 06:48

ނެޓްފްލިކްސް އިން އަނެއްކާ ވެސް އަގުތައް ބޮޑުކުރަން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އަގު ބޮޑުކުރަން މިފަހަރު ނިންމީ ކޮންޓެންޓް ވަރުގަދަކޮށް މުއްސަނދިކުރަން މިހާރު ބޮޑު ހޭދައެއްކުރަމުން އަންނާތީއެވެ.

މިއާއެކު އަގުތައް އެންމެފުރަތަމަ ބޮޑުކުރީ އެމެރިކާ އާއި ކެނެޑާގައެވެ. އެ ދެގައުމަކީ އެންމެ ބޮޑު އެންމެ މާކެޓެއް އޮތް ގައުމުތަކެވެ. އެ ސަރަހައްދުތަކުގައި ފީ ދައްކައިގެން ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު 74 މިލިއަނަށް އަރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެ ދެ ގައުމުގެ ސަބްސްކްރައިބަރުންގެ އަތުން އެމެރިކާގައި 15.49 ޑޮލަރުގެ ސްޓޭންޑަރޑް ޕެކޭޖަށް 1.50 ޑޮލަރު ވަނީ އިތުރުކޮށްފައެވެ. އެއީ 9.99 ޑޮލަރުގެ ބޭސިކް ޕެޖޭކަށް 1 ޑޮލަރުގެ އިތުރުވުމެކެވެ. އަދި 19.99 ޑޮލަރުގެ ޕްރީމިއަމް ޕެކޭޖަށް 2 ޑޮލަރު ވަނީ އިތުރުކޮށްފައެވެ.

ކެނެޑާގައި 16.49 ޑޮލަރުގެ ސްޓޭންޑަރޑް ޕެކޭޖަށް 1.50 ޑޮލަރު އިތުރުކޮށްފައިވާ އިރު، ޕްރީމިއަމް ޕެކޭޖަށް 2 ޑޮލަރު އިތުރުކޮށް، އެ އަގު ވަނީ 20.99 ޑޮލަރަށް ހަދާފައެވެ.

https://twitter.com/AP/status/1482352138030309377?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1482352138030309377%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmihaaru.com%2Flifestyle%2F103273

އެހެންނަމަވެސް ބޭސިކް ޕެކޭޖަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ ފީ ބޮޑުކުރާނެ ކަމެއް ނުވަތަ ބޮޑުކުރާ ނަމަ، ބޮޑުކުރާނެ ޢަދަދަކާއި ވަގުތެއް ހާމަކުރުމަށް އަދިވަނީ ފަސްޖެހިފައެވެ.

ނެޓްފްލިކްސްގެ ތަރުޖަމާނާއި ޙަވާލާދީ ރިޕޯޓުތައް ބުނީ ކޮންޓެންޓަށް ކުރާ ހޭދަ ބޮޑުވުމަކީ ސަބްކްރިޕްޝަން ފީ އަށް އޭގެ ޒާތުގައި ބަދަލު ގެންނަން ޖެހޭ ކަމެއް ކަމަށެވެ. އެކަމަކު އަބަދު ވެސް އަގުތައް ކަނޑައަޅާނީ އެ ބައެއްގެ ބަޖެޓަށް ފައްތާލައިގެން ކަމަށެވެ.

ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ ތެރެއިން 214 މިލިއަން މީހުންނަކީ ސަބްސްކްރައިބްކޮށްގެން ޚިދުމަތް ހޯދާ މީހުންނެވެ.

ނެޓްފްލިކްސް އިން އެންމެ ފަހުން ޕެކޭޖްތަކުގެ އަގުތަކަށް ބަދަލު ގެނަެސްފައިވަނީ 2020 ގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް