އެވަޓަންގެ ކޯޗުކަމުގެ މަޤާމުގައި ހުރި ރަފައެލް ބެނިޓޭޒް އެ މަޤާމުން ވަކިކޮށްފި އެވެ.
އެވަތަންގެ ކޯޗުކަމުން ބެނިޓޭޒް ވަކިކުރި އިރު، އޭނާ އެވަޓަންގެ ކޯޗުކަމާއި ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2021 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ބެނިޓޭޒް އެވަޓަންގެ ކޯޗުކަމާއި ހަވާލުވި ފަހުން މިހާތަނަށް އެވަޓަން ކުޅުނު 22 މެޗުގެ ތެރެއިން އެޓީމުން މޮޅުވެފައިވަނީ އެންމެ 7 މެޗުންނެވެ.
ބެނިޓޭޒް އެވަޓަންގެ ކޯޗުކަމުގެ މަޤާމުން ވަކި ކުރީ ފަހަކަށް އައިސް އެވަޓަންއިން ނެރެމުން އައި ދައް ނަތީޖާ ތަކުގެ ސަބަބުންނެވެ. ބެނިތޭޒް މަޤާމުން ވަކިކުރި އިރު، އެވަޓަން އޮތީ ކުޅުނު 19 މެޗުން ލިބުނު 19 ޕޮއިންޓާއި އެކު ތާވަލްގެ 16 ވަނާގައެވެ. އެވަޓަން ވަނީ އެންމެ ފަހުން ރެލިގޭޝަނުގައި އޮތް ނޮރިޗް ސިޓީ އަތުން ވެސް ބަލިވެފަ އެވެ. ބެނިޓޭޒް ވަކިކުރީ މި މެޗަށް ފަހުގައެވެ.
ޔޫރަޕްގެ ބޮޑެތި ގިނަ ކުލަބުތަކަކަށް ވެސް ކޯޗު ކޮށްދީފައިވާ ބެނިޓޭޒް އެވަޓަންގެ ކޯޗުކަމުން ވަކިކުރި އިރު، އެޓީމުން އަންނަނީ އެ މަޤާމަށް އިތުރު ކޯޗެއް ހޯދަމުގެ މައްސައަކަތް ކުރަމުން ކަމަށް އެވަޓަންއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ވަރަށް އަވަހަށް ކޯޗެއް ހަމަޖެހިގެން ދާނެ ކަމަށް ވެސް އެވަޓަންގެ ބަޔާނުގައި ބުނެފައިވެއެވެ. އިނިގިރޭސި މީޑިއާ ތަކުން ޚަބަރު ފަތުރާ ގޮތުގައި ދެން އެވަޓަންގެ ކޯޗު ކަމާއި ހަވާލު ވާނީ އެޓީމުގެ ކުރީގެ ލެޖެންޑް ވޭން ރޫނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް