މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަކަށް ހިޔާ ފްލެޓްތަކަށް ކަރަންޓު ފޯރުވައިދިނުމަށް: ސްޓެލްކޯ

މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކޮށް އަލުން ހިޔާ ފްލެޓްތަކަށް ކަރަންޓު ފޯރުވައިދިނުމަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނީ ކޭބަލަކަށް ގެއްލުން...

17 Jan 2022 | 06:22

މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކޮށް އަލުން ހިޔާ ފްލެޓްތަކަށް ކަރަންޓު ފޯރުވައިދިނުމަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނީ ކޭބަލަކަށް ގެއްލުންވެ، ހިޔާ ފްލެޓުން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައިވާތީ ކުރި ޓްވީޓެއްގައެވެ.

ސްޓެލްކޯ އިން ބުނީ ސްޓެލްކޯ އިން ބުނީ ކޭބަލަށް ގެއްލުން ލިބުނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ކޮނުމުގެ ތެރޭގައި ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެ ކަމަށާއި އަލުން ކަރަންޓު ދޭން ގާތްގަނޑަކަށް ތިން ގަޑި އިރު ނަގާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓް ކެނޑުނު އިރު ގިނަ ބަޔަކު ލިފްޓްތަކުގައި ވަނީ ތާށިވެފައެވެ. އެހެންވެ، ލިފްޓްތަކުން މީހުން ނެރުމުގެ މަސައްކަތް ކުރަމުން އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

ކަރަންޓް ކެނޑިއްޖެނަމަ ބެކަޕް ޖަނަރޭޓަރުން ވެސް މަސައްކަތް ކުރާ ގޮތަށް ހިޔާ ފްލެޓްތަކުގެ ލިފްޓްތަކުގައި ހުރިނަމަވެސް މިއަދު ބެކަޕް ޖަނަރޭޓުން ކަރަންޓް ނުދެވިގެން އުޅޭ ސަބަބެއް ސާފުވާގޮތެއް ނުވެއެވެ.

ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގާއަކުން މިހާރު ވަނީ ގުޅާލާފައެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވާ ސަބްސްޓޭޝަންތައް އެނަޖައިޒްކުރުމުގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި ސްޓެލްކޯއިން ކޮށްފައިވެއެވެ.

https://twitter.com/STELCOMALDIVES/status/1482951375428681728

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް