ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑަކުޓަރަކު ނެތި ގިނަދުވަސްވާތީ އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކު ސިއްހީ މަރުކަޒު ބަންދުކޮށް މުޒާހަރާކޮށްފިއެވެ.
އޭދަފުށީ ޓައިމްސްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ރަށުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާގެ އިތުރުން ކޮވިޑު ފެތުރެމުން އަންނައިރު އެ ސިއްހީ މަރުކަޒުގައި ޑަކުޓަރަކު ނެތި ހަފްތާއެއް ވެއްޖެއެވެ.
އެ ސިއްހީ މަރުކަޒުގައި ޑަކުޓަރަކު ނެތީ އެ މަޒުކަޒުގައި ހުރި ޑަކުޓަރު މި މަހުގެ 10 ވަނަ ދުވަހު ޗުއްޓީއަށް ދިއުމުންނެވެ. އެ ރަށުގެ ރައްޔިތުން މިހާރު ޑަކުޓަރަށް ދައްކަނީ އޮންލައިންކޮށް، އައިޖީއެމް ހޮސްޕިޓަލަށެވެ.
އޭދަފުށީ ޓައިމްސްގައި ރިޕޯޓްކޮށްފައިވާގޮތުގައި މުޒާހަރާގެ ބައިވެރިން އެ ތަނުގައި ތިބީ ޑަކުޓަރަކު ލިބުމުން ނޫނީ ގެއަށް ނުދާގޮތަށެވެ. ހަމައެއާއެކު، އެ އަތޮޅު ހޮސްޕިޓަލުން ޑަކުޓަރަކު އެ ރަށަށް ގެންދަން މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް