އިނގެރޭސިވިލާތުގެ ގައިޑް އެޑިޔުކޭޝަނާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގެ މުދައްރިސުންނަށް ހިލޭ ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް ޓްރެއިނިންގ ކޯސްތަކެއް އިފްތިތާހް ކޮށްފިއެވެ.
އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކޯސްތައް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އެވެ.
ގައިޑް އެޑިޔުކޭޝަނަކީ އޮންލައިންކޮށް މުދައްރިސުން ތަމްރީނު ކުރުމަށްޓަކައި، ޑިޖިޓަލް ގިނަ ވަޞީލަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ޕްރޮފެޝަނަލް ޑިވެލެޕްމަންޓަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ގިނަ އަދަދެއްގެ އޮންލައިން ކޯސްތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް