ކ. ގާފަރުގައި ސްޓެލްކޯ އިން ބަހައްޓާފައިވާ ފެން ޕްލާންޓުން އާންމު ބޭނުންތަކަށް ގާފަރުގެ ރައްޔިތުންނަށް ފެން ދޫކުރަން ފަށައިފިއެވެ.
ސްޓެލްކޯ އިން ބުނީ، އެ ކުންފުނިން ގާފަރުގައި ބަހައްޓާފައިވާ 15 ޓަނުގެ އާރްއޯ ދެ ޕްލާންޓުން އެ ރަށު ރައްޔިތުންނަށް ފެން ދޫކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ ރަށުގެ ކޮންމެ މީހަކަށް ވެސް މި އުސޫލުގެ ދަށުން ދޫކުރެވޭނީ ދުވާލަކު ގިނަވެގެން 20 ލީޓަރުގެ ފެން ކަމަށް ސްޓެލްކޯ އިން ހާމަކުރެއެވެ.
މީގެ އިތުރުން، ގާފަރުގައި މިވަގުތު ގާއިމްކޮށްފައިވާ ފެނުގެ ސިސްޓަަމަކީ ގެތަކަށް ނެޓްވޯކް/ހޮޅި ގުޅާފައިވާ ސިސްޓަމަކަށް ނުވުމުުން އާންމު ބޭނުންތަކަށް ފެންދޫކުރުމަށް ހަމަޖެހިފައިވަނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ ފެން އިސްކުރުންނެވެ.
ފެން ދޫކުރުމަށް ހަމަޖެހިފައިވާ ގަޑި އަކީ ކޮންމެ ދުވަހަކު ވެސް ހަވީރު 16:00 އިން 18:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް