އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ. ހޯދަމުންދަނީ ޅ. ނައިފަރު، އަލިހާ، އަޙްމަދު މުބާޙް (30އ) އެވެ.
ފުލުހުން ބުނީ އަޙްމަދު މުބާޙް ހޯދަމުންދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނާއި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ މީހަކަށްވުމާއެކު ޙުކުމް ތަންފީޒްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ކަރެކްޝަނަލް ސަރވިސްއިން އެދިފައިވާ ފަރާތަކަށްވުމާއި ގުޅިގެން ކަމަށެވެ.
އަޙްމަދު މުބާޙް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 3000600 އަށް ނުވަތަ އެޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް