ކުރިމަގާއި ގުޅޭގޮތުން ދެ ޓީމަކާއެކު ވާހަކަ ދައްކަމުންދާ ކަމުގައި ކުރީގެ ނިއުގެ ކޯޗު ވެލިޒާ ޕޮޕޯވް ބުނެފިއެވެ.
ދުވަހަށް މައުލޫމާތު ދެމުން ޕޮޕޯވް ބުނެފައިވަނީ މަޝްވަރާ ކުރަމުންދާ ދެޓީމުގެ އެއްވެސް މައުލޫމާތެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް ވާހަކަ ދައްކަމުންދާ ދެޓީމަކީވެސް އޭޝިއާގެ ދެޓީމު ކަމަށެވެ.
މީގެއިތުރުން ޕޮޕޯވް ބުނެފަިއވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
ވެލިޒާ ޕޮޕޯވް ދިވެހި ރާއްޖޭގެ ގައުމީޓީމާއި ހަވާލުވާން އުޅޭކަމުގެ ވާހަކަތަކެއް ރާއްޖޭގެ މީޑިއާގައިވަނީ އާއްމުވެފައެވެ. ޕޮޕޯވް އަކީ ނިއުރޭޑިއަންޓްގެ ކޯޗުކަމުގައި ކާމިޔާބީގެ އިތުރުން ސަޕޯޓަރުންގެ މަގްބޫލުކަންވެސް ހޯދާފައިވާ ކޯޗެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް